logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޭދަފުށި ސަޕޯޓަރުން މާލެ ދިއުމަށް އިތުރު ދަތުރުތަކަށް އެދެފި

އަބްދުﷲ ޣާނިމް
23 ޑިސެމްބަރު 2024 - 13:26
އޭދަފުށީގެ ސަޕޯޓަރުންގެ ފަރާތުން މިމުބާރާތުގައި ފެނިގެންދަނީ އާދަޔާ ޚިޔާފު ޖޯޝަކާއި ހިތްވަރެއް. ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭދަފުށީގެ ސަޕޯޓަރުންގެ ފަރާތުން މިމުބާރާތުގައި ފެނިގެންދަނީ އާދަޔާ ޚިޔާފު ޖޯޝަކާއި ހިތްވަރެއް. ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ފައިނަލް މެޗު ބެލުމަށް މާލެ ދިއުމަށް އޭދަފުށި ސަޕޯޓަރުންނަށް ހުޅުވާލި ހިލޭ ޖާގަތައް ހުސްވުމާ ގުޅިގެން، އިތުރު ދަތުރުތައް ބާއްވައިދިނުމަށް ސަޕޯޓަރުން އެދެން ފަށައިފިއެވެ.


މާދަމާ ރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި އޭދަފުއްޓާއި އައްޑޫ ސިޓީ ވާދަކުރާނެއެވެ. މި މެޗު ބެލުމަށް އޭދަފުށި ސަޕޯޓަރުންނަށް މާލެ ދިއުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ ރޭއެވެ.

Ad by Hajj Corporation

Ad by Hajj Corporation



އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، އޭދަފުށި ކައުންސިލް އަދި ޔޫސުފް ސްޕީޑް ގްރޫޕުން ގުޅިގެން ސަޕޯޓަރުންނަށް ހިލޭ މާލެ ދިއުމުގެ ފުރުސަތު ހުޅުވާލިއެވެ. މިހާތަނަށް 6 ލޯންޗުގައި 330 ސަޕޯޓަރުންނަށް މާލެ ދިއުމުގެ ޖާގަ ލިބިފައިވާއިރު، އިތުރު އެތައް ބަޔަކު ވެއިޓިންގ ލިސްޓުގައި ތިބިކަން ފާހަގަކުރެވެއެވެ.



ފައިނަލް މެޗުގައި އޭދަފުށީ ސަޕޯޓަރުންނަށް ޚާއްޞަކޮށްފައިވަނީ މަޖީދީމަގު އޮލިމްޕަސް ފަޅިއެވެ. އަދި މެޗުގައި އޭދަފުށި ޓީމު ބޭނުންކުރާނީ ރަތް ޖާޒީއެވެ.



މި ކުޅިވަރު މުބާރާތުގެ ފައިނަލް މެޗަށް އޭދަފުށީ ސަޕޯޓަރުން ދައްކަމުންދާ ޝައުޤުވެރިކަމާއި ހިތްވަރުދިނުމުގެ ރޫހު ވަރަށް މަތިކަން ފާހަގަކުރެވެއެވެ. އިތުރު ދަތުރުތަކެއް އިންތިޒާމު ކުރެވޭތޯ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން މި ޚަބަރު ތައްޔާރުކުރި ވަގުތު އެނގިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ އަރިއަތޮޅުގެ ފުޓްބޯޅައިގެ ތާޖު އަޅައި 90 ޕްލަސް ގޯލްޑްކަޕަށްކުޅިވަރު | 11 ދުވަސް ކުރިންގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 3 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 9 މަސް ކުރިން