logo
MPL

MPL

ޚަބަރު

އެޗްޑީސީ ބޯޑު މެމްބަރުންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ޑިސެމްބަރު 2024 - 09:47
އެޗްޑީސީ ބޯޑު މެމްބަރުންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކޮށްފިއެވެ.

ޕީސީބީ އިން ބުނީ، އެޗްޑީސީ އަށް އައު މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުން އައިސްފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ ތުހުމަތުތަކާ ގުޅިގެން ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ތަޙުޤީޤެއް ކުރިއަށްދަނިކޮށެވެ.

މި މައްސަލާގެ ތުހުމަތުގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އެގެއިން ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ފަޒުލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ވެސް ފާހަގަކުރެވެއެވެ. އަދި މި މައްސަލާގެ ތުހުމަތުގައި އެޗްޑީސީގެ ބައެއް މުވައްޒަފުންވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުން އަފީފު ވަކިކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ %50 އިން ކުލި ނުދައްކާ: އެޗްޑީސީޚަބަރު | 7 ދުވަސް ކުރިންއެޗްޑީސީން 7 ރަށެއްގެ އައުޓްޑޯ ޖިމް ނިންމާލައިފިޚަބަރު | 17 ދުވަސް ކުރިންމުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީޚަބަރު | 21 ދުވަސް ކުރިން