logo
ދުނިޔެ

ޔަހޫދީން މަސައްކަތް ކުރަނީ ހޫޘީންނަކީނިރުބަވެރި ޖަމާއަތެއް ކަމުގައި ކަނޑައެޅުމައް

ސުދާ ލަތީފް
25 ޑިސެމްބަރު 2024 - 09:16
ހޫޘީ ހަނގުރާމަވެރިންތަކެއް
ހޫޘީ ހަނގުރާމަވެރިންތަކެއް

ހޫޘީންނަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ފަށައިފިއެވެ.

ވިލާތުގެ ޤައުމުތަކުގައި ހުންނަ ޔަހޫދީންގެ އެންބަސީތަކުން އެ މަސައްކަތް ކުރުމަށް ޔަހޫދީ ސަރުކާރުން ވަނީ އަންގައިފިއެވެ.

ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކޮށްދިނުމަށް ހޫޘީން ދަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ތަކުރާރުކޮށް ޑްރޯންއާއި މިސައިލު ޙަމަލާ ދެމުންނެވެ. އެ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކަށް ބުރޫއަރައި, އެ މަގުތައް ބޭނުންކުރާ ވިޔަފާރިތަކަށް ވަނީ ޚަރަދު ބޮޑު އަދި ދިގު މަގުތަކުން ދަތުރުކުރުމަށް މަޖުބޫރު ވެފައެވެ. އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން ވަނީ ފަށައިފައެވެ.

ޔަހޫދީ ދައުލަތުގެ ޚާރިޖީ ވަޒީރު ގިޑިއަން ޒާރު ނެރުނު ބަޔާނެއްގައި ބުނީ ހޫޘީންނަކީ ހަމައެކަނި ޔަހޫދީ ދައުލަތަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި އެ ޖަމާޢަތަކީ މުޅި ސަރަޙައްދަށާއި ދުނިޔެއަށް ވެސް އޮތް ބިރުވެރިކަމެއް ކަމަށެވެ. އެންމެ ފުރަތަމަ ކުރަން ޖެހޭ އެންމެ އަސާސީ ކަމަކީ ހޫޘީންނަކީ ނިރުބަވެރި ޖަމާޢަތެެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުން ކަމަށް އޭނާ ބުނެއެވެ. ވަޒީރު ބުނީ އަދުގެ ސަލާމަތީ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ހޫޘިންގެ ޙަމަލާތަކާއި އީރާނުން އެ ޖަމާޢަތަށް ދެމުންދާ ތާއީދު ކުށްވެރި ކުރުމަށް އެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވާނެ ކަމަށެވެ.

ހޫޘީންނަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤަައުމުތަކަކީ އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއާއި މެލޭޝިޔާ އާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އާއި އޮސްޓްރޭލިޔާއާއި ކެނެޑާއާއި ނިއު ޒީލެންޑާއި ޔަހޫދީ ދައުލަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުވިޔަކަ ނުދޭނަން - ޔަހޫދީން ދުނިޔެ | 15 ދުވަސް ކުރިންޔަހޫދީންގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް، ލާ އިންސާނީ ޖަރީމާއަށް ހުއްޓުމެއް ނެތްޚަބަރު | 18 ދުވަސް ކުރިންމިއީ އިސްރާއީލާއެކު ގުޅުން ޤާއިމު ކުރުމަށް މެދުއިރުމައްޗަށް އޮތް އެންމެ ރަނގަޅު ފުރުޞަތު - ޔަހޫދީންގެ ޚާރިޖީ ވަޒީރުWorld | 2 މަސް ކުރިންއީރާނަށް އެމެރިކާއިން ދިން ޙަމަލާގެ ނަތީޖާ ހިތިވާނެ - ޙޫޘީން World | 3 މަސް ކުރިން