logo
ޚަބަރު

އަބުރަށް އަރައިގަތުމަކީ ޖިނާޢީ ކުށެއް: ސިއްދީގް

އާމިނަތު ޝަފާ
25 ޑިސެމްބަރު 2024 - 13:13
ހޯމް މިނިިސްޓްރީގެ ސްޓޭޓް މިނިސްޓަރ ސިއްދީގް
ހޯމް މިނިިސްޓްރީގެ ސްޓޭޓް މިނިސްޓަރ ސިއްދީގް

އެއްވެސް ހެއްކެއް ދެއްކުމަކާ ނުލައި މީހުންގެ އަބުރަށް އަރައިގަންނަމުންދާތީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.


ޞިއްދީޤު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation


އެންސްޕާގެ އައު އޮފީސް އިމާރާތް ހޯދުމަށް ހެދި އެއްބަސްވުމާއިގުޅުވައިގެން އެކުންފުނީގެ ސީއީއޯ ހީނާވަލީދު ގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން އެކި ޕްލެޓް ފޯމް ތަކުގައި ދައްކަމުންދާ ވާހަކަތަކަށް ފަޑުވިދާޅުވަމުން ޞިއްދީޤު ވިދާޅުވީ، ޖިންސީފުރައްސާރަ ކުރުމަކީ ޖިނާޢީ ކުށެއްކަމަށާއި، އެފަދަމައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކޮށްދިނުމަށް އަމުރަކަށް އެދުމަކީ ޕީޖީ އަށް ލިބިގެންވާ ޤާނޫނީ ބާރެއްކަމަށެވެ. އަދި އެންޕާގެ ސީއީއޯ އަށް ކުރެވެމުންދަނީ އަންހެނަކަށް ވީތީ ކުރެވޭ ފުރައްސާރައެއް ކަމަށާއި އެއީ ޤާނޫނީ ކުށެއް ކަމުގައިވެސް ޞިއްދީޤު ވިދާވުވެފައި ވެއެވެ.


ހީނާގެ މައްޗަށް އެކި ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަކީ ބަޔަކު ޤަސްތުގައި ކުރަމުންދާ ކަމެއް ކަމަށާއި، ހީނާގެ މައްޗަށް ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން އެއްވެސް ތުޙުމަތެއް ކޮށް، އެއްވެސް ތަޙްޤީގެއް މިހާތަނަށް ހިންގާފައިނުވާއިރު، އެންސްޕާގެ ސީއީއޯ އަށް ކުރެވެމުންދަނީ އަންހެނަކަށްވީތީ ކުރެވޭ ފުރައްސާރައެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެކަމުގެ ސަބަބުން އަބުރުވެރިކަމާއެކު އެޅެމުންދާ ހީނާގެ އަބުރައް އަރައިގަނެވެމުންދާކަމަށް ވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.


މެންދުރު ޓީވީއަށް އިސްތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާގޮތުގައި އެންސްޕާގެ ބިޑުކުރުމުގެ ކަންތަކަކީ ހީނާ އެކަމުގައި ބައިވެރިވާ ކަންކަމެއް ނޫނެވެ. އެއީ ޓެންޑރ ބޯޑުން ކުރަމުންދާ މަސައްކަތެއް ކަމަށާއި، ޓެންޑަރ ބޯޑަކީ ފިނޭންސް މިނިސްޓްރީގައި އޮންނަ ބޯޑެއްކަމުން، އެ ބިޑުގެ ކަންތައް ކުރިއަށް ގެންދިޔައީ ޓެންޑަރ ބޯޑުން ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެންސްޕާއިން ތަނެއް ހޯދީ މިހާރު އެ އޮފީސް ހިނގަމުން ދާ މޫކައި ސުއިޓުގެ މުއްދަތު ހަމަވާތީ ކަމަށާއި، ތަނެއް ހޯދަން އެދުނީވެސް ފިނޭންސް މިނިސްޓްރީގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.


މި އެއްބަސްވުމުގެ ދަށުން އެންމެ ލާރިއެއްވެސް ޚަރަދު ނުވާކަމަށާއި އެޑްވާންސްއަށް ދިން ފައިސާ ވެސް ވަނީ އަނބުރާ އެ ކުންފުނިން ފިނޭންސްއާ ހަވާލުކޮށްފައިކަމަށް މެންދުރުޓީވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.
ބިޑު އުސޫލުން އެކުލަވާލި އެ އެއްބަސްވުމުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށާއި، އެއާއެކުވެސް އެއްބަސްވުން ވަނީ ނިމުމަކަށް ގެނެސްފައި ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.


ބައެއް ފަރާތްތަކުން ހީނާ އަށް މިކަމުގެ ތުހުމަތުގެ އިނގިލި ދިގުކޮށް، ސޯސަލް މީޑއާގެ ޕްލެޓް ފޯމުތަކުގައި މިހާރު ކުރެވެމުންދަނީ ހިނާއަކީ އަންހެނަކަށްވާތީ ކުރެވޭ ފުރައްސާރައެއްކަމަށް ބުނެ، ހީނާގެ އަބުރަށް އަރައިގަންނަމުންދާތީ އަބުރަކީ އިސްލާމް ދީނުގައި ހިމާޔަތް ކުރަންޖެހޭ ފަސްކަމުގެ ތެރޭގައި ހިމެނޭ ކަމަމަށްވާއިރު، ހީނާގެ އަބުރައް އަރައި ގަންނަމުންދާ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުރުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ފުލުހުންނަށް ގޮވާލަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްމެ ތަނެއްގެ ބަދަލުގައި ގިނަ ތަންތަނަށް އެއްވުމުގެ ފުރުސަތު ހޯދައިދިނީ މި ސަރުކާރުން: ހީނާޚަބަރު | 2 މަސް ކުރިންދާއޫދު ވަކިކޮށްފިޚަބަރު | 2 މަސް ކުރިންއަދަދު ނޫހުން ހެދީ ދޮގު، މައްސަލަ މީޑިޔާ ކައުންސިލަށް ހުށަހަޅަނީ ޚަބަރު | 6 މަސް ކުރިންހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިޚަބަރު | 7 މަސް ކުރިން