logo
Bank of Maldives

Bank of Maldives

ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމަށް ތާރީހީދުވަހެއް، ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
26 ޑިސެމްބަރު 2024 - 06:23
ރާއްޖޭގެ ފަތުރުވެރިކަމަށް ތާރީހީދުވަހެއް، ދެ މިލިއަން ވަނަ  ޓޫރިސްޓަށް މަރުހަބާ

ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި، ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފަ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ލިޔެވުނު ދެ މިލިއަން ވަނަ ޓޫރިސްޓުގެ ޝަރަފު ހޯދީ، ފިރިމީހާ އާއި ދެ ކުދިންނާ އެކު އައި އޮސްޓްރިއާގެ އަންހެނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އޮތް ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އާއިލާ އަށް ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ޕެކޭޖެއްގެ އިތުރުން، އެމްއެމްޕީއާރުސީ އާއި ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމްސް ސާވިސް ވަނީ އެ ޓޫރިސްޓަށް ހާއްސަ ހަދިޔާއެއް ދީފަ އެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި ސިފައިންގެ ސިފްކޯގެ ފަރާތުން ހާއްސަ އައިޓަމެއް ވެސް ވަނީ ހުށަހަޅައިދީފަ އެވެ.

ރާއްޖެއިން މިއަހަރުގެ އަމާޒު ހާސިލްކުރެވިފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެގޮތުން މިކުރެވުނު މަސައްކަތްތަކާއި އެކު މިއަހަރުގެ ފެބްރުއަރީމަހަކީ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެކެވެ. ފެބްރުއަރީމަހު ރާއްޖެއަށްވަނީ 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލްވަނީ މީ ރައީސް ޑރ. މުހަމްމަދު މުޢިއްޒުގެވެސް ވަރަށް ބޮޑު އަމާޒެއްކަމަށް ފާހަގަ ކުރައްވާ ދެން އަންނަ އަހަރަށް ޓޫރިޒަމް 15 އިންސައްތައަށް އިތުރުކުރަން ޓާގެޓްކުރާކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަންނަ އަހަރުގައި މި ޓާގެޓް ކުރަނީ 15 ޕަސެންޓް އިތުރުކުރަން، ހަމަގައިމުވެސް 2 މިލިޔަނަށްވުރެ ގިނަވާނެ" -ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް

ފާހަގަކޮށްލެވޭ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަން މިހާރު ކުރިއަށްދާ މަޝްރޫއު އަންނަ އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ މަސައްކަތް ނިންމާލެވި، އަންނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން ވަނީ އަމާޒު ކަނޑައަޅައިފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން 259،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައިގައި އޮތް ރަޝިއާއިން 214،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޖުމުލަ 170،000 އަށްވުރެ ގިނަ ފަތުރުވެރިންނާ އެކު ތިންވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 3 ދުވަސް ކުރިންރަށު ފަތުރުވެރިކަމަށް ހާއްސަ "ތިޖާރާ ރަށު ފަތުރު" ލޯނަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 11 ދުވަސް ކުރިންމިއަހަރުގެ އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންޚަބަރު | 13 ދުވަސް ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް، މޯލްޑިވިއަނުން އެފްއައިޓީ ޓީކެޓުގެ އަގުހެޔޮކޮށްފިވިޔަފާރި | 16 ދުވަސް ކުރިން