logo
Bank of Maldives

Bank of Maldives

ޚަބަރު

ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދާ "ވިލުންތެރި20" މަޢުރަޒު ހުޅުވައިފި

ހުސައިން ވަސީމް
26 ޑިސެމްބަރު 2024 - 11:40
ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދާ "ވިލުންތެރި20" މަޢުރަޒު ހުޅުވައިފި

ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރައްވާފައިވާ "ވިލުންތެރި 20" މަޢުރަޒު ހުޅުވައިފި އެވެ.

ނޭޝަނަލް އާޓް ގެލެރީގައި "ވިލުންތެރި 20" މަޢުރަޒު ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަނެ، ވިލުންތެރި ފަތިހަކަށް ޤައުމު ގެންދެވުނީ، މާތްﷲ މި ޤައުމަށް މިންވަރުކުރައްވާފައިވާ އިސްލާމީ ހިދާޔަތުގެ ނޫރުގެ ސަބަބުން ކަމަށެވެ.

382758_73b496e9-2_.jpg

 

ސުނާމީ ކާރިސާގެ ވަގުތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ހަނދާން އާކުރައްވައި، އެމަނިކުފާނު ވިދާޅުވީ ސަލާމަތީ ބާރުތަކާއި، ދަރުމަވެރިންނާއި، ޢާންމު ރައްޔިތުން، އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ނެރެ، ޤައުމީ ޚިދުމަތުގައި ވެދެއްވި ޤުރުބާނީގެ އަގުވަޒަންކުރައްވާ ކަމަށެވެ. އަދި މި ކާރިސާއާއެކު އުފަންވި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

382785_54bc5a88-6_.jpg

 

ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރައްވާފައިވާ މި މަޢުރަޒު ކުރިއަށްދަނީ، ނޭޝަނަލް އާޓް ގެލެރީގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަންގާރަ ދުވަހު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރެއްވި "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ގެ ފޮތް އިފުތިތާޙުކޮށްދެއްވާފައެވެ.

382790_e4cb13ab-1_.jpg

 

382762_2ee5ce16-5_.jpg

 

މި ރަސްމިއްޔާތުގައި ހުށަހެޅުއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޚާއްޞަ ލަވައެއް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު މަޢުރަޒު ބައްލަވާލައްވައި،"ފަނޑުވުމެއް ނެތް ހަނދާންތައް" ސެގްމެންޓްގައި ސުނާމީއާ ގުޅޭ ޚާއްޞަ މެސެޖެއް، އެމަނިކުފާނު ލިޔުއްވިއެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި "ވިލުންތެރި 20" މައުރަޒުގެ ފޮޓޯފޮތް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވޭ: އެންޑީއެމްއޭޚަބަރު | 3 ގަޑިއިރު ކުރިންވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | 3 މަސް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު، ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 3 މަސް ކުރިންފިޔޯރީގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރުމުން މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ: ނައިބު ރައީސްޚަބަރު | 3 މަސް ކުރިން