logo
Bank of Maldives

Bank of Maldives

ޚަބަރު

ވައިޑްބޮޑީ މަތިންދާބޯޓު ގެނައުމުގެ ހުރިހާ މަސައްކަތެއްވެސް ކުރަނީ ދިވެހީން

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޑިސެމްބަރު 2024 - 03:10
 ވައިޑްބޮޑީ މަތިންދާބޯޓު ގެނައުމުގެ ހުރިހާ މަސައްކަތެއްވެސް ކުރަނީ ދިވެހީން

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ ގައުމީ އެއާލައިންގެ ޓެކްނިކަލް ދިވެހި މުވައްޒަފުންކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢަލީ ސަލީމް ވިދާޅުވީ، މިބޯޓު ރާއްޖެ ގެނައުމަށް ޤައުމީ އެއަރލައިންގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި ބޯޓު ބެލުމަށް ލިތުއޭނިއާއަށް ދިޔުމާއި، ބޯޓުގެ އިންޖިނިއަރިންގ އާ ގުޅޭ ހުރިހާ ކަމެއްވެސް ކުރެއްވީ ގައުމީ އެއާލައިންގެ ޓެކްނިކަލް ބޭފުޅުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިހާރު އެކުރިއަށްދާ މަސައްކަތްތަކުގައިވެސް އަޅުގަނޑުމެންގެ ޓީމުތައް އެތަނުގައި ތިބެގެން އެމަސައްކަތް ކުރަނީ. އަޅުގަނޑު ފާހަގަކުރަން ބޭނުން އެއްވެސް ބޭރުބައެއްގެ އެކަހަލަ އެހީތެރިކަމެއް ނެތި، ހަމަ ދިވެހީންކަން މިކަން މިކުރަނީ." ސަލީމް ވިދާޅުވިއެވެ.

މި ވައިޑްބޮޑީ މަތިންދާބޯޓު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު މާލެ ގެނައުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެކަން ފާހަގަކުރުމަށް ޚާއްސަ ޙަރަކާތްތަކެއް އިންތިޒާމުކުރައްވާނެކަމަށްވެސް ޤައުމީ އެއަރލައިނުން ވިދާޅުވެފައިވެއެވެ.

ވައިޑްބޮޑީ އެއަރކްރާފްޓް ޚިދުމަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށްފަހު، އިތުރު މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މޯލްޑިވިއަނުން ހާމަކުރައްވާފައިވެއެވެ.

މި މަސައްކަތަކީ ޤައުމީ އެއަރލައިންގެ ތަރައްޤީއަށާއި، ދިވެހި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަނުން ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް ފަށައިފިވިޔަފާރި | 9 ދުވަސް ކުރިންފަތުރުވެރިންނަށް އެތެރޭގެ އުދުހުން ތަކަށް ގައުމީ އެއާލައިން އިން ވިއްކާ ޓިކެޓްގެ އަގު ހެޔޮ ކުރަން ނިންމައިފިޚަބަރު | މަހެއް ކުރިންސްކޫލް މިޑްޓާމް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ހާއްސަ ދަތުރަކެއް ބެންކޮކަށްޚަބަރު | 5 މަސް ކުރިން"އެތެރޭގެ އުދުހުންތަކުގެ އަގު ކަނޑައަޅަނީ ރައްޔިތުންނަށް ލުއިވާނެ ގޮތަށް"ޚަބަރު | 8 މަސް ކުރިން