logo
Bank of Maldives

Bank of Maldives

ޚަބަރު

ޖެޓް ފިއުލް ވިއްކައިގެން ބޮޑު އާމްދަނީއެއް

ސުދާ ލަތީފް
28 ޑިސެމްބަރު 2024 - 09:28
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ބޯޓްތަކެއް ޖައްސާފައި
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ބޯޓްތަކެއް ޖައްސާފައި

މިއަހަރުގެ 3 ވަނަ ކުުއާޓަރގައި ޖެޓް ފިއުލް ވިއަކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ- އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ.

ރާއްޖެ އަންނަ ބޯޓުތަކަށް ޖެޓް ފިއުލް ވިއްކުމަކީ އެމްއޭސީއެލްއިން ދެމުންއަންނަ ޚިދުމަތެކެވެ. އެމްއެމްއޭގެ ކުއާޓާރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު %14 އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ 3 ވަނަ ކުއާޓާރގައި ޖެޓް ފިއުލް ވިއްކައިގެން އާމްދަނީގެ ގޮތުގައި 5.3 މިލިޔަން ޑޮލަރު ލިބިފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މި ކުއާޓަރގައި ރާއްޖެ އައި އެއަރލައިންތަކުގެ އަދަދު އިތުރުވެފައިވުމުންކަން މި ރިޕޯޓްގައި ވެއެވެ. ރާއްޖެ އަންނަ އެއަރލައިންތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ރާއްޖެއަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައްވެސް ދަތުރުކުރާ ޤައުމެކެވެ.

ކުރިން ބޭނުންކުރި ފިއުލް ފާމަކީ 13 މިލިޔަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފާމެކެވެ. ނަމަވެސް އަލަށް ތަރައްޤީކޮށް ބޭނުންކުރަން ފެށި ފިއުލް ފާމުގައި 45 މިލިޔަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވެއެވެ. މީގެ އިތުރުން 1 މިލިޔަން ލީޓަރުގެ ޑީސަލާއި، 100،000 ލީޓަރުގެ ޕެޓްރޯލްވެސް ރައްކާކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފިއުލް ހައިޑްރަންޓް ނެޓްވޯކާއެކު، ފްލައިޓްތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައެވެ. މި ޚިދުމަތް ދިނުމަށް 8.4 ކިލޯމީޓަރުގެ ވިއުގައެއް ވަނީ އަޅާފައެވެ. އެމްއޭސީއެލްއިން ވިދާޅުވީ މި ނިޒާމް ބޭނުންކޮށްގެން އެއްފަހަރާ 7 ބޯޓަށް ތެޔޮ އެޅުމުގެ ޚިދުމަތް ދެވޭނެކަމަށެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ވައިގެމަގުން ރާއްޖެއަށް 1.8 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށްޚަބަރު | 20 ގަޑިއިރު ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓްގެ އެއް ވަނައިގައި ޗައިނާޚަބަރު | 5 ދުވަސް ކުރިންގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެއްޖެޚަބަރު | 6 ދުވަސް ކުރިން