އިޓާލިއަން ސެރީއާ: އެޓަލާންޓާގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް

އެޓަލާންޓާ މޮޅުވުމުގެ ސިލްސިލާ ރޭގައި ވަނީ ނިމުމަކަށް އައިސްފައި. ފޮޓޯ: ގެޓީ އިމޭޖެސް

29 ޑިސެމްބަރު 2024 - 07:20
ސެރީއާގައި އެޓަލާންޓާގެ މޮޅުވަމުން އައި 11 މެޗުގެ ސިލްސިލާ ނިމުމަކަށް އައިސް، ލާޒިއޯއާ 1-1 އިން އެއްވަރުވެއްޖެއެވެ. ރޭގެ މެޗުން އެއްވަރުވިނަމަވެސް 18 މެޗުން 41 ޕޮއިންޓާއެކު އެޓަލާންޓާ ވަނީ ސެރީއާގެ އެއްވަނައިގައެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ލާޒިއޯގެ ފިސާޔޯ ދެލެ-ބަޝިރު ވަނީ ނިކޯލޯ ރޮވެއްލާގެ ޕާހަކުން ފައިދާ ނަގައި ފުރަތަމަ ލަނޑު ޖަހާފައެވެ. އެޓަލާންޓާގެ ފަރާތުން މެޗުގެ 88 ވަނަ މިނެޓުގައި މާކޯ ބްރެޝިއަނީނީ ވަނީ އަދެމޯލާ ލުކްމަންގެ ހުރަހަކުން ގޯލުޖަހާފައެވެ.މިއާއެކު މިދިޔަ އަހަރުގެ ޗެމްޕިއަންސް އިންޓަރ މިލާން ވަނީ ކަލްޔާރީ އާ ކުޅުނު މެޗުން 3-0 އިން މޮޅުވެ، އެއް މެޗު މަދުން މެޗު މަދުން 40 ޕޮއިންޓާއެކު އަޓަލާންޓާގެ ފަހަތުން ދެވަނައިގައެވެ. ލާޒިއޯ ވަނީ 35 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.
ފަހަކަށް އައިސް އެޓަލާންޓާ އަންނަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މޭ މަހު ބާޔަރ ލެވަކޫސަން އާ ކުޅުނު ޔޫރަޕާ ލީގުގެ ފައިނަލުގައި 3-0 އިން މޮޅުވެ އެމުބާރާތް ވަނީ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓަލާންޓާ ވަނީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މެޗު (36) ކާމިޔާބުކުރުމާއި އެންމެ ގިނަ ލަނޑު (127) ޖެހުމުގެ ރެކޯޑުވެސް ޤާއިމުކޮށްފައެވެ.
އިތުރު ލިޔުންތައް

އިޓާލިއަން ލީގު: އިންޓަރ އާއި ޔުނެވްޓަސް ގެ ގަދަހިފުން ހަމަހަމަ.
6 މަސް ކުރިން
އޭސީ މިލާން ބަލިކޮށް ނަޕޮލީނިން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި.
6 މަސް ކުރިން
73 އަހަރުގެ އަހަރުގެ ކްލޯޑިއޯ ރަނިއެރީ ރިޓަޔަރމަންޓުން ނުކުމެ ރޯމާގެ ކޯޗަކަށް
5 މަސް ކުރިން