ބަޖެޓު ކުރިވަރަށް ވުރެ އިތުރަށް ސިފައިންނާއި ފުލުހުންނަށް ޚަރަދުކޮށްފި

މިނިވަން ދުވަހުގެ ޕެރޭޑުގައި ސިފައިންގެ ހަރަކާތްތައް ދައްކާލަނީ -- ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
29 ޑިސެމްބަރު 2024 - 10:51
މި އަހަރު ބަޖެޓުކުރި މިންވަރަށް ވުރެ އިތުރަށް، ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ޚަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކުރާ ޚަރަދުތަކާއި ޢާމްދަނީތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ ބަޖެޓުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ 2.258 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ. އަދި ދިވެހި ސިފައިންގެ ޚިދުމަތް ނުވަތަ އެމްއެންޑީއެފް އަށް ވަނީ 1.751 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.
އެހެން ނަމަވެސް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް 2.273 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއީ މި އަހަރަށް ހަމަޖެއްސި ބަޖެޓަށް ވުރެ ގާތްގަޑަކަށް 15 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި އެމްއެންޑީއެފް އިން 2.321 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ އަދަދަކީ މި އަހަރު ހަމަޖެއްސި ބަޖެޓަށް ވުރެ ގާތްގަޑަކަށް 570 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެހެން ނަމަވެސް، ފާއިތުވި އަހަރުގެ އެ މުއްދަތަށް ފުލުހުންނަށް ޚަރަދުކޮށްފައިވަނީ 1.87 ބިލިއަން ރުފިޔާއަށް ވާއިރު، އެމްއެންޑީއެފްއަށް ޚަރަދުކޮށްފައިވަނީ 1.503 ބިލިއަން ރުފިޔާއެވެ.
އެމްއެންޑީއެފް އަދި ފުލުހުން ނުލައި، ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުގެ ތެރެއިން މި އަހަރަށް އެންމެ ބޮޑު ބަޖެޓެއް ހަމަޖައްސާފައިވަނީ ތައުލީމާ ބެހޭ ވުޒާރާއަށެވެ. އެގޮތުން އެ ވުޒާރާއަށް މި އަހަރުގެ ބަޖެޓުގައި 4.01 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް އެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.67 ބިލިއަން ރުފިޔާއެވެ.
ސިފައިންނާއި ފުލުހުންނަށް ކުރި ހޭދަ ވަރަށް ބޮޑުވެފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ސަރަޙައްދު ބަލަހައްޓައި ސެކިއުރިޓީ ވަރުގަދަކުރުމަށް މި ސަރުކާރުން ވަނީ ޑްރޯންތަކެއް ގަނެފައެވެ. އެ ޑްރޯންތަކުގެ ބޭނުން ހިފައި، މިހާތަނަށް ކަނޑުމަތީގެ އޮޕަރޭޝަންތަކެއް ވެސް ވަނީ ހިންގާފައެވެ. އެ އޮޕަރޭޝަންތަކުގައި ރާއްޖޭގެ ސަރަޙައްދަށް ނުގަވާއިދުން ވަދެ އުޅުނު މަސް ބޯޓުތަކެއް ވަނީ އެމްއެންޑީއެފްއިން ވަނީ އަތުލާފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
8 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
8 މަސް ކުރިން