logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމް.ބީ.އޭގެ ފައިސާއާ ގުޅޭ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

އަބްދުﷲ ޣާނިމް
30 ޑިސެމްބަރު 2024 - 08:33
އަމިއްލަ ފަރާތަކުން އެމް.ބީ.އޭ އާއި ދެކޮޅަށް އޭ.ސީ.ސީ.އޭ އަށް ހުށަހެޅި މައްސަލައެއްގެ ތަޙުޤީގު ކުރިޔަށް ދަނީ
އަމިއްލަ ފަރާތަކުން އެމް.ބީ.އޭ އާއި ދެކޮޅަށް އޭ.ސީ.ސީ.އޭ އަށް ހުށަހެޅި މައްސަލައެއްގެ ތަޙުޤީގު ކުރިޔަށް ދަނީ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ފައިސާއާ ގުޅޭ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމާ ގުޅިގެން އެ ކޮމިޝަނުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

 

ބާސްކެޓްބޯޅައިގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތަކުން ނޮވެމްބަރު 4 ވަނަ ދުވަހު އެމްބީއޭއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ތުހުމަތުކޮށް އޭސީސީ އަށް ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން އޭސީސީން ބަލައިގަތީ ފައިސާއާ ގުޅޭ މައްސަލައެވެ.

 

 

ހުށަހެޅުނު މައްސަލައިގައި ބުނެފައިވަނީ އެމްބީއޭއިން އޮޅުވާލައިގެން އެއް ބާވަތެއްގެ ދެ ކަމަކަށް ސްޕޯޓްސް މިނިސްޓްރީން ދެ ފަހަރު ފައިސާ ހޯދާފައިވާ ކަމަށެވެ. މިގޮތުން، 2022 ވަނަ އަހަރުގެ ގައުމީ މުބާރާތަށް ދައުވަތު ދީގެން ގެނައި ކަމަށް ބުނާ ސްރީ ލަންކާގެ ދެ ކްލަބްގެ އެކޮމެޑޭޝަނާއި ކެއުމުގެ ޚަރަދުތައް ހަމަޖައްސަން 11 ޑިސެމްބަރު 2022 ގައި ސްޕޯޓްސް މިނިސްޓްރީން 195,371.40 ރުފިޔާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

 

 

ނަމަވެސް، އެ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ގައުމީ މުބާރާތުގައި ބޭރުގެ އެއްވެސް ޓީމެއް ވާދަކޮށްފައި ނުވާކަން މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ޖެހިގެން އައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ޒާހިރު ނަސީރު މެމޯރިއަލް އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރި ސްރީ ލަންކާގެ ދެ ޓީމުގެ ހުރުމާއި ކެއުމުގެ ޚަރަދު ހަމަޖައްސަން 8 ޖަނަވަރީ 2023 ގައި ހަމަ އެ އަދަދު ކަމަށްވާ 195,371.40 ރުފިޔާ ސްޕޯޓްސް މިނިސްޓްރީން ހޯދާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

 

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ ބޭރުގެ ޓީމެއް ވާދަ ނުކުރާ ގައުމީ މުބާރާތަށް ޚާއްޞަކޮށް އެ ޚަރަދުތައް ހަމަޖައްސަން ކަމަށް ބުނެ ސަރުކާރުން ފައިސާ ހޯދުމަކީ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ތެރެއަށް ވަންނަ ކަމެއް ކަމަށެވެ.

 

އޭސީސީން މި މައްސަލަ ބަލަން ފެށުމާ ގުޅިގެން، އެމްބީއޭގެ ފަރާތުން ވަނީ އެކަން ދޮގުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ބާސްކެޓް އެރީނާއެއް ތަރައްގީކޮށް ބާސްކެޓަށް އެހީވުމުގެ އެއްބަސްވުމެއްކުޅިވަރު | 2 މަސް ކުރިންސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލްކުޅިވަރު | 3 މަސް ކުރިންއޭޝިއާ ކަޕް ސާބާ ކޮލިފަޔާސް މިއަދު މާލޭގައި ފަށަނީކުޅިވަރު | 3 މަސް ކުރިންބާސްކެޓުގެ ތްރީ އޮން ތްރީ ސީނިއާ ބައިގެ ޗެމްޕިއަންކަން ދަ ގްރޭންޑޭ އާއި ކްއީންސް ބީސީއަށްކުޅިވަރު | 6 މަސް ކުރިން