logo
Bank of Maldives

Bank of Maldives

ވިޔަފާރި

އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ދެ ކްރޫޒްލައިންގައި ރާއްޖެއަށް

ސުދާ ލަތީފް
30 ޑިސެމްބަރު 2024 - 09:28
ކްރޫޒްލައިން "އޯޝޭނިއާ ރިވިއާ
ކްރޫޒްލައިން "އޯޝޭނިއާ ރިވިއާ

އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ދެ ކްރޫޒްލައިންގައި ރާއްޖެ އަތު ވެއްޖެއެވެ.

މި ވަގުތު މާލެ ބޭރުން އުތުރު ފަރާތުގައި ދެ ކްރޫޒްލައިނާއެއް ބަނދަރުކޮށްފައި އޮތް އިރު މިއީ ސީޝެލްސް އިން އައި ދެ ކްރޫޒްލައިނާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއީ، މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކްރޫޒްލައިނާ "އޯޝޭނިއާ ރިވިއާ" އާއި ބަހާމަސްގައި ރަޖިސްޓްރީކޮށްފައިވާ "ނޯވިއަން ސްކައި" އެވެ. މި ދެ ކްރޫޒްލައިނާގައި އެކި ގައުމުތަކުގެ ފަތުރުވެރިން ވަނީ ވެރިރަށް މާލެ އަށް ފައިބާފައެވެ.

އެ ކްރޫޒް ލައިނާތަކުގެ ތެރެއިން 2،000 އަށް ވުރެ ގިނަ ފަތުރުވެރިންނާ އެކު އައި އޯޝޭނިއާ ރިވިއާ ރާއްޖެ އައީ މިއަދެވެ. އެއް ދުވަހަށް މާލެ ކައިރީގައި މަޑުކުރުމަށް ފަހު މާދަމާ ސްރީ ލަންކާގެ ކޮލަމްބޯއަށް ދިއުމަށް އެ ކްރޫޒް ލައިނާ ފުރާނެ އެވެ.

މި ދެ ކްރޫޒްލައިނުން ދަތުރުކުރާ ވަރަށް ގިނަ ޓޫރިސްޓުން ވަނީ އެކްސްކާޝަންތަކަށް މާލެ އައިސްފަ އެވެ. އަދި މި ކްރޫޒްލައިންތައް އައީ ޓޫރިސްޓު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން، އެ ކްރޫޒް ލައިނާތަކަށް ލިބޭ ލުއިތަކާ އެކީގައިކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެ ގަވާއިދު ކުރިން އޮންނަ ގޮތުން ބޯޓުތަކުގެ އެޖެންޓުންގެ ގޮތުގައި ބޭރު ފަރާތްތަކަށް ވެސް މަސައްކަތް ކުރެވޭނެ އެވެ. ނަމަވެސް އެ ގަވާއިދަށް މ ފަހުން ގެނައި އިސްލާހު ބުނާގޮތުން، ޓޫރިސްޓް އުޅަނދެއްގެ އެޖެންޓްކަމާ ހަވާލުވެވޭނީ ހިއްސާދާރުންގެ ގޮތުގައި މުޅިން ވެސް ދިވެހިން ތިބި ކުންފުނިތަކާއި ޕާޓްނަޝިޕްތަކާއި ނުވަތަ ސޯލް ޕްރޮޕްރިއޭޓަޝިޕްތަކަށެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނާ އެކު، މި ދުވަސްވަރު ވައިގެ މަގުން ވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ ޒިޔާރަތްކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 3 ދުވަސް ކުރިންފަތުރުވެރިން ޒިޔާރަތްކުރި އަދަދު 1.5 މިލިއަނަށްޚަބަރު | 10 ދުވަސް ކުރިންމިއަހަރުގެ އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންޚަބަރު | 13 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.46 މިލިއަނަށް އަރައިފި ޚަބަރު | 20 ދުވަސް ކުރިން