logo
MPL

MPL

ޚަބަރު

އެމްފޯމްޕީސީގެ ޗެެއާޕަސަނަކަށް ޝަރީފް ހަމަޖައްސައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޑިސެމްބަރު 2024 - 11:20
އެމްފޯމްޕީސީގެ ޗެެއާޕަސަނަކަށް ޝަރީފް

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް އަހުމަދު ޝަރީފް އައްޔަނުކޮށްފިއެވެ.

ޝަރީފް ކުރިން ހުންނެވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗެއާޕާސަންކަމުގެ މަޤާމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި، މިފްކޯގެ ޗެއާޕާސަންކަމުގެ މަޤާމުން އަހުމަދު ޝަރީފް ވަކިކުރުމާއެކު، ހަމަ އެދުވަހު އޭނާ އެމްފޯމްޕީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް އައްޔަނުކޮށްފައެވެ.

އެމްފޯމްޕީސީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، މަސްވެރިކަމުގެ ސިނާއަތް އިޝްތިހާރުކޮށް މަސްވެރިކަމުގެ އުފެއްދުންތަކަށް މާކެޓް ހޯދުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

ޕީސީބީ އިން މި ބަދަލު ގެނައި ސަބަބާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ބަދަލަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުން އަފީފު ވަކިކޮށްފިޚަބަރު | 4 ގަޑިއިރު ކުރިން މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފިޚަބަރު | ދުވަހެއް ކުރިންމިފްކޯގެ މަސް މިހާރު "ރިޖެކްޓެއް" ނުވާނެ: ޝިޔާމުޚަބަރު | 17 ދުވަސް ކުރިންމަސް ގަންނަ އަގު 22 ރުފިޔާ އަށްޚަބަރު | 22 ދުވަސް ކުރިން