logo
Bank of Maldives

Bank of Maldives

ދުނިޔެ

ޙޫޘީން ނައްތައިލާނެކަމުގެ އިންޒާރު ޔަހޫދީން ދީފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
31 ޑިސެމްބަރު 2024 - 11:32
ޙޫޘީން ނައްތައިލާނެކަމުގެ އިންޒާރު ޔަހޫދީން ދީފި

ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނަށް ޙަމަލާދީ، އެ ޖަމާޢަތް ނައްތައިލާނެ ކަމަށް ބުނެ ޒަޔަނިސްޓު އިސްރާއީލުން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ދާނީ ދަނޯން އިންޒާރު ދީފިއެވެ. 

އޭނާ ޙޫޘީންނަށް އިންޒާރު ދީފައި މި ވަނީ އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ޙޫޘީ ޖަމާޢަތުން ޒަޔަނިސްޓު އިސްރާއީލަށް ދެމުންދާ ޙަމަލާތައް ހުއްޓައިނުލައިފި ނަމަ، މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަށް ނައްތައިލާފައިވާ ފަދައިން، އެ ޖަމާޢަތް ވެސް ނައްތައިލާނެ ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙޫޘީންގެ ހަމަލާތައް އދ.ގެ ގިނަ ގައުމުތަކުން ކުށްވެރިކޮށްފައިވާއިރު، އިޒްރޭލުން ޔަމަނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން އިންޖީނުގެތަކާއި، ސަނާގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އިންސާނީ އެހީއަށް ބޭނުންކުރާ މުހިންމު ބަނދަރުތައް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޙޫޘީންނަށް އިންޒާރު ދެމުން ދަނޯން ބުނީ، ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތް، ޙަމާސާއި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ އިތުރުން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ނައްތައިލާފައިވާ ގޮތާއި އެއްފަދަ ގޮތަކަށް ޙޫޘީން ވެސް ނައްތައިލާނެ ކަމުގައެވެ.

ޙަމާސާއި ޙިޒްބުاللهގެ އިތުރުން ޙޫޘީންނަކީ މެދުއިރުމަތީގެ ބާރެއްގެ ގޮތުގައި ބެލެވޭ އީރާނުން ވާގިވެރިވާ ޖަމާޢަތްތަކެކެވެ. އެ ކަމާ ގުޅުވައި ދަނޯން ވަނީ އީރާނަށް ވެސް ނުރައްކާތެރި އިންޒާރެއް ދީފައެވެ. އޭނާ ބުނީ، މެދުއިރުމަތީގައި ކޮންމެ ޤައުމަކަށް ޙަމަލާދިނުމުގެ ބާރާއި ޤާބިލު ކަން ޔަހޫދީ ފައުޖަށް ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި އީރާނުގެ ވެރިރަށް ތަހްރާން ވެސް ހިމެނޭ ކަމުގައެވެ. ޔަހޫދީންގެ އިސްތިޢުމާރީ ބާރުވެރިކަން ދައްކަމުން މި ދަނީ އެމެރިކާގެ މަދަދުވެރިކަމާ އެކުގައެވެ.

އިސްރާއީލުގެ މި ސްޓޭންޑަކީ ހޫޘީންނާ ދެކޮޅަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ ފުޅާ ސްޓްރެޓެޖީއެއްގެ ތެރެއިން އަންނަ އެމެރިކާގެ ސަރުކާރުގެ ތާއީދު ލިބޭނެ ކަމުގެ އުއްމީދުގައި އޮތް ސްޓޭންޑެއް ކަމަށް ބެލެވެއެވެ. އިޒްރޭލުން ޔަމަނަށް ހަތިޔާރު ގެނައުން މަނާކުރުމަށާއި ހޫތީންނަށް ހަތިޔާރު ގެނައުމަށް އދ.ގެ ހަރުދަނާ ފިޔަވަޅެއް އެޅުމަށް އެދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފިދުނިޔެ | 23 ދުވަސް ކުރިންފާއިތުވި 24 ގަޑިއިރު: އިޒްރޭލުގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޝަހީދުން، 8 ކުއްޖަކު ބަނޑަށް މަރުވެއްޖެދުނިޔެ | 24 ދުވަސް ކުރިންއިޒްރޭލުގެ ނިރުބަވެރިކަން އިންތިހާއަށް: "ޖެންޑާ ރިވީލް ޕާޓީއަކަށް" ގޮއްވާލީ ޣައްޒާގެ ޢިމާރާތެއްދުނިޔެ | 4 މަސް ކުރިންއިޒްރޭލުގެ ޤަތުލްޢާންމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އަޑުއުފުލައިފިދުނިޔެ | 5 މަސް ކުރިން