logo
MPL

MPL

ޚަބަރު

އެސްއޯއީތަކުން ލޯނު ނަގާނަމަ، ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭނެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
1 ޖެނުއަރީ 2025 - 05:55
ފިނޭންސް މިނިސްޓާ މޫސާ ޒަމީރު-- ފޮޓޯ/މަޖިލިސް
ފިނޭންސް މިނިސްޓާ މޫސާ ޒަމީރު-- ފޮޓޯ/މަޖިލިސް

ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ސްޓޭޓް އޯވްން އެންޓަޕްރައިޒް (އެސްއޯއީ)ތަކުން ލޯނު ނަގާނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް 'ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް' އަށް ބަދަލުގެނެސްފއެވެ.

އެކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ސާކިއުލާގައި ބުނީ، މި މަހުގެ 25 ވަނަ ދުވަހު ބޭއްވި ބޯޑުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގާ ގަވާއިދެއް ފާސްކޮށްފައިވާކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން، އެސްއޯއީތަކުން މީގެ ފަހުން ފިނޭންސް މިނިސްޓްރީގެ ހުއްދަ، ބައެއް ކަންކަމުގައި ހޯދަން ޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކަންކަމަކީ، ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމާއި، މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ އިތުރުން، ލޯނު ނެގުމާއި އިންވެސްޓް ކުރުމެވެ.

އެއާއެކު، ޕީސީބީން ވަނީ އެ ހުއްދަތައް ހޯދުމަށް ބޭނުންވާ މައިގަނޑު ދެ ގައިޑްލައިންއެއް ވެސް ނެރެފައެވެ. އެގޮތުން ލޯނު ނެގުމުގައި ކުންފުނިތަކުން އަމަލު ކުރަންޖެހޭ ގައިޑްލައިންގައި ބުނާ ގޮތުގައި، ލޯނެއް ނެގުމުގެ ކުރިން ލޯނު ބޭނުންވާ ސަބަބުތައް ދެނެގަނެ، އެސަސްމެންޓެއް ހެދުމަކީ ލާޒިމްކަމެކެވެ. އަދި ލޯނު ދޫކުރާ ގިނަ ފަރާތްތައް އިވެލުއޭޓްކޮށް، ޓެކްނިކަލް ކަރުދާހެއް އެ ކުންފުނީގެ ބޯޑަށް ހުށަހަޅަން ޖެހޭއިރު، އެ ކަރުދާހުގައި ކުންފުނީގެ މާލީ ހާލަތު ބަޔާންކޮށްދޭނެ ޖެހޭނެއެވެ.

undefined

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް

އަދި ލޯނު ނެގުމުގެ ސަބަބުން އެ ކުންފުންޏަށް ލިބޭނެ ކުރިއެރުންތަކާއި، ލޯނު ނެގުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އިތުރަށް ބަރޯސާވާނެ ކަމަށް ބެލެވޭނެމަ އެ މިންވަރެއް ވެސް އެ ކަރުދާހުގައި ހިމަނަންޖެހެއެވެ.

އެ ކަރުދާސް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނީ، ކުންފުނީގެ ބޯޑަށް ހުށަހަޅައި އެ ބޯޑުން އެކަން ފާސްކުރުމުންނެވެ.

މީގެ އިތުރުން، މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް އަމަލު ކުރަންޖެހޭ ގައިޑްލައިނުގައިވާ ގޮތުގައި، ކޮންމެ ފަސް އަހަރަކުން މުސާރައިގެ އޮނިގަނޑު އެކުލަވާލުމަށް ހިއުމަން ރިސޯސް ނީޑްސް އެސެސްމެންޓެއް ހަދަން ޖެހޭއިރު، އެ އެސެސްމެންޓުގައި ކުންފުނީގެ މަސައްކަތުގެ ނޭޗާ އާއި ކުންފުންޏާ ގުޅޭ މުހިންމު މައުލޫމާތުތައް ހިމަނަން ޖެހެއެވެ.

undefined

އެމްޓީސީސީ ޓަވަރު

އަދި މިހާރު އޮތް މުސާރައިގެ އޮނިގަނޑާއި، އައު އޮނިގަނޑު އަޅާކިޔުމަށް ފަހު، އެކަމަށް ވެސް އެސަސްމެންޓެއް ހަދައި، އެ އޮނިގަނޑުގެ އެފިޝެންސީ އެސެސްމެންޓާއި އޭގެ ސަބަބުން ބަޖެޓަށް އަންނާނެ ބަދަލު ވެސް އެ އެސެސްމެންޓުގައި ހިމަނަން ޖެހެއެވެ.

އެ ގައިޑްލައިނުގައިވާ ގޮތުގައި، އެ ކުންފުންޏެއްގެ މުސާރައަށް ކުރާ ހަރަދު ނުވަތަ ގެނެވޭ ބަދަލު، އެ ކުންފުންޏެއްގެ އާމްދަނީގެ 30 އިންސައްތައިގައި ހިފަހައްޓަންޖެހޭނެއެވެ.

އަދި އާމްދަނީ ނުލިބޭ ކުންފުންޏެއްގެ ނަމަ، މުސާރާއިގެ ހަރަދު ނުވަތަ ގެނެވޭ ބަދަލު ހުންނަންވާނީ ހިންގުމުގެ ހަރަދުގެ 50 އިންސައްތައިގައި ކަމަށް ވެސް އެ ގައިޑްލައިނުގައި ބަޔާންކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓް ބަހުސް ފަށައިފިޚަބަރު | 11 ގަޑިއިރު ކުރިންއެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %6.8 އިތުރުވެ، 3.3 ބިލިޔަން ރުފިޔާއަށް ޚަބަރު | 2 ދުވަސް ކުރިންކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރުޚަބަރު | 5 ދުވަސް ކުރިންދައުލަތުގެ އިދާރާތަކުން ނުދައްކާ ހުރި ބިލްތައް މީރާގެ ޓެކުހަށް ބަދަލުކޮށް އަޅައިކެނޑޭނެ މަގު ފަހިކޮށްދީފިޚަބަރު | 8 ދުވަސް ކުރިން