logo
Bank of Maldives

Bank of Maldives

ވިޔަފާރި

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް 52 ދަތުރުލިބޭ ބޮޑު ކެމްޕެއިނެއް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޖެނުއަރީ 2025 - 07:37
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް 52 ދަތުރުލިބޭ  ބޮޑު ކެމްޕެއިނެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަހަރުގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ކެމްޕެއިން "ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ގެ ނަމުގައި ފަށައިފިއެވެ.

މި ކެމްޕެއިން ލޯންޗްކޮށްފައިވަނީ ނިމިގެންދިޔަ ޑަބްލިއުޓީއެމް ލަންޑަން ފެއަރގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކެމްޕެއިންގެ ދަށުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ މަހަކު މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތްތަކުގެ ނަސީބުވެރި ފަރާތްތަކަށް ކޮންމެ ހަފްތާއަކުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެމްއެމްޕީއާރުސީން މައުލޫމާތު ދެއްވިގޮތުގައި މި ކެމްޕެއިންގެ ދަށުން ޖުމްލަ 52 ޗުއްޓީ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ މުބާރާތެއްގައިވެސް ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދު، ޤުދުރަތީ ރީތިކަމުގެ އިތުރުން ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަފާތު ކަނޑުގެ ދިރުންތައް ފަދަ އެކިއެކި ކަންކަމަށް އަލިއަޅުވާލާނެއެވެ. މީގެ އިތުރުން ލަގްޒަރީ، ފެމިލީ، ޑައިވިން އަދި އެހެނިހެން ހިތްގައިމު ތަފާތު ސެގްމެންޓްތަކަށްވެސް އަލިއަޅުވާލެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

"ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ސޯޝަލް މީޑިއާގެ ޒަރީއާއިން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުގުވެރިކުރުވުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ. އަދި މި މުބާރާތްތަކުގައި ބައިވެރިވުމުން ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތު ހިތްގައިމުކަން ދެނެގަނެ، ލިބޭ ތަފާތު ތަޖުރިބާތައް ހިއްސާކޮށް، ރާއްޖެއަކީ އަހަރުގެ ކޮންމެ އިރަކުވެސް ޒިޔާރަތްކުރެވޭނެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ކެމްޕެއިންގެ ސަބަބުން ރާއްޖެއަކީ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އަގުހުރި މައުލޫމާތުތައް މި ހަރަކާތުގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް، 123 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގައިފިޚަބަރު | 16 ދުވަސް ކުރިންއެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭ، ހަނދާން ނައްތާލައިގެން ނުވާނެ: ވަކީލް މުއިއްޒުޚަބަރު | 19 ދުވަސް ކުރިންއަމާޒަކީ، މީހުންނަށް ފޯކަސްކުރާ ހަރުދަނާ ފަތުރުވެރިކަމުގެ ނިޒާމެއް ތަރައްގީކުރުން: ރައީސްޚަބަރު | 22 ދުވަސް ކުރިންރާއްޖެއިން އަނެއްކާވެސް "ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑް ހާސިލްކޮށްފިވިޔަފާރި | 25 ދުވަސް ކުރިން