logo
Bank of Maldives

Bank of Maldives

ޚަބަރު

އެއްބަސްވުމާއެކު މަސްވެރިކަމުގެ ދާއިރާއިން ޗައިނާާައާ އެކީ ކުރާ ވިޔަފާރި ފުޅާވެގެން ދާނެ

ސުދާ ލަތީފް
1 ޖެނުއަރީ 2025 - 13:06
މަސްވެރިކަން ކުރުން
މަސްވެރިކަން ކުރުން

ދިވެހިރާއްޖެ- ޗައިނާ ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ދާއިރާއިން ޗައިނާާައާ އެކީ ކުރާ ވިޔަފާރި ފުޅާވެގެން ދާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ރޭ ނެރުނު ނޫސްބަޔާނުގައި ދިވެހިރާއްޖެއާއި ޗައިނާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން 1 ޖަނަވަރީ 2025 އިން ފެށިގެން ތަންފީޒްކުރަން ފަށާ ފެށުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތަތަކާ ބެހޭ ވުޒާރާއިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި މި އެއްބަްވުމަކީ ދިވެހިރާއްޖެއާއި ޗައިނާާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން ރަމްޒުކޮށް ދޭ މުހިންމު މޭލުގާއެއް ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ ވުނަކުރުންތަކަށް ފުރުސަތު ހުޅުވި ދިވެހިރާއްޖޭގެ މަހުގެ އުފެއްދުނަތަކުގެ ވިޔަފާރި ކުރިއަރައިގެން ދާނެ ކަމަށް ވެސް މި ނޫސްބަޔާނުގައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިވަން ވިޔަފާރި އެއްބަސްވުމުގެ މައިގަނޑު މަގްސަދުތަކަކީ އެކްސްޕޯޓް، އިތުރުކުރުމާއި، ވިޔަފާރީގެ ހުރަސްތައް މަދުކުރުމާއި، އަދި ދިވެހިރާއްޖެއާއި ޗައިނާގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް އުފައްދާ ފަހިކޮށްދިނުމެވެ.

ދިވެހިރާއްޖެގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުނތަކެއް ހެން، މި އެއްބަސްވުމުގެ ދަށުން، ޗައިނާއަށް ސުން ޓެކުހުގައި އެކްސްޕޯޓް ކުރެވެއެވެ. އަދި މަހުގެ އުފެއްދުންތައް ރިއެކްސްޕޯޓް ކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ޗައިނާގެ ވިޔަފާރިތަކަށް ދިވެހިރާއްޖެއިން ކަނޑުކާނާ (ސީފުޑް) ހޯދުމަށް ފަސޭހަ ވެގެން ދަނެއެވެ. 29 އޮކްޓޯބަރ 2024 ގައި ޗައިނައާއި ދިވެހިރާއްޖެއިން ސޮއިކުރި ގުދުރަތީ ކަނޑުގެ އުފެއްދުންތައް ބަލައި ފާސްކުރުމާއި ކަރަންޓީން ކުރުމުގެ ޕްރޮޓޮކޯލުގެ ސަބަބުން ކަނޑުކާނާެ އުފެއްދުންތައް ބެރުކުރަން ފަސޭހަވެ ކަނޑުކާނާގެ ވިޔަފާރި އިތުރަށް ފުޅާވެގެން ދާނެ ކަމުގައި ވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނި މިނިވަން ވިޔަފާރީގެ މި އެއްބަސްވުން ތަންފީޒްކުރަން ފެށުމަށް ރައީސް ޑރ، މުހައްމަދު މުޢިއްޒު ގެންގުޅުއްވި ދުުވިސްނުންފުޅަށާއި ރޭވުންތެރިކަމަށް ތައުރީފްކޮށް މަރުހަބާ ކިޔަފައެވެ. މި އެއްބަސްވުމުގެ ސަބަބުން މަސްވެރި ސިނާއަތު ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަގުނަ ފުރުސަތު ހުޅުވިގެން ދާނެކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. މި އެއްބަސްވުން ތަންފީޒުކުރެވުމުން މަސްވެރިކަމުން ޖީޑީޕީއަށް ހިއްސާކުރާ މިންވަރު އިތުރުވެ ސީދާ މަސްވެރިޔާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސްގެ ބައްދަލުވުމާއެކު ދެ ގައުމުގެ ކުރިއެރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެން ދިޔަ: ސައީދުޚަބަރު | 18 ދުވަސް ކުރިންޗައިނާއިން ރައީސް ޑރ. މުއިއްޒުއަށް ހޫނު މަރުހަބާއެއްޚަބަރު | 19 ދުވަސް ކުރިން ޗައިނާ ޓޫރިސްޓުން މިހާރަށް ވުރެ އިތުރުކުރަން ސަފީރުގެ ދެ ހުށަހެޅުމެއްޚަބަރު | 20 ދުވަސް ކުރިންމިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފިޚަބަރު | 3 މަސް ކުރިން