logo
Bank of Maldives

Bank of Maldives

ޚަބަރު

މާދަމާ އެއާޕޯޓް ތޮއްޖެހިދާނެ ކަމަށް ބެލެވޭ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު--ފޮޓޯ:މެންދުރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު--ފޮޓޯ:މެންދުރު

އުމްރާގެ އަޅުކަން އަދާކުރާ މީހުން ރާއްޖެ އައުމާ ގުޅިގެން މާދަމާ އެއަރޕޯޓް ތޮއްޖެހިދާނެ ކަމަށް ބެލެވޭކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް މީޑިއާތަކާއި ހިއްސާކުރި ޕޯސްޓެއްގައިވަނީ މާދަމާ ފުރާ ހުރިހާ ފަރާތްތަކުން އެއާޕޯޓު މަގުތަކާއި ޓާމިނަލް ސަރަހައްދުތަކުގައި ޓްރެފިކް ބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރުފަތުރުގެ ތަޖުރިބާ ފަސޭހަކަމާ އެކު ކުރިއަށް ގެންދިއުމަށް ޓަކައި، ފަސިންޖަރުން ފުރުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އެމްއޭސީއެލް އިން ވަނީ މި ޕީކް ޓައިމްގައި ހުރިހާ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ އެއްބާރުލުމަށާއި، ވަގުތުން ފަސިންޖަރުން ނެގުމާއި ޑްރޮޕް އޮފްތައް ކަށަވަރުކޮށް، އެއާޕޯޓުގެ ވަށައިގެން ޓްރެފިކް ފްލޯ ދެމެހެއްޓުމަށް އެދިފައެވެ.

އެމްއޭސީއެލްއިން މާދަމާގެ ޕެސެންޖަރ މޫވްމަންޓްސް ޓައިމްސް ކަމަށް ހިއްސާ ކޮށްފައިވަނީ ،

ޕީކް ޓައިމްސް - 06:00 އާއި 09:00 ދެމެދު

  1. އަންނާނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު: 2،678 (618 އުމްރާވެރިން ހިމެނޭ ގޮތަށް)
  2. ފުރާނެ ކަމަށް ބެލެވޭ މީހުންގެ އަދަދު: 1،372 14:00 އިން 16:00 އަށް

ޕީކް ޓައިމްސް - 14:00 އާއި 16:00 ދެމެދު

  1. އަންނާނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު: 2،071 (އުމްރާއަށް ދާ 452 މީހުންނާއެކު)
  2. ފުރާނެ ކަމަށް ބެލެވޭ މީހުންގެ އަދަދު: 1،091

ވީމާ މިކަމަށް، އެންމެހާ ފަސިންޖަރުންނާއި، ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ އެއްބާރުލުން ދިނުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނަން: އެމްއޭސީއެލް ޝަރީފްޚަބަރު | 2 ގަޑިއިރު ކުރިންފުރަތަމަ ކްއާޓަރގައި ވީއައިއޭ އިން ހިދުމަތްދިން އަދަދު 2 މިލިއަން ކަޑައްތުކޮށްފިޚަބަރު | 13 ދުވަސް ކުރިންއަހަރެއްގެ މެދުކެނޑުމަކަށްފަހު، ކޮންޑޯ އެއަރލައިނުން ރާއްޖެއަށް ދަތުރު ފަށަނީޚަބަރު | 2 މަސް ކުރިންވީއައިއޭގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓު، "ސިނެކްސް" ލޯންޗުކޮށްފިޚަބަރު | 6 މަސް ކުރިން