logo
ޚަބަރު

ރާއްޖެ އަށް އެންމެ ގިނަ ކާގޯ އެތެރެ ކުރެވުނު އަހަރަކީ 2024

ސުދާ ލަތީފް
3 ޖެނުއަރީ 2025 - 05:49
މާލެ ވިޔަފާރި ބަނދަރު
މާލެ ވިޔަފާރި ބަނދަރު

ދިވެހި ރާއްޖޭގެ ތާރީޙުގައި، މިހާތަނަށް އެންމެ ގިނަ ކާގޯ ރާއްޖެ އެތެރެކުރެވިފައިވަނީ، ނިމިދިޔަ 2024 ވަނަ އަހަރު އެވެ.

އެގޮތުން ކޮންޓެނަރައިޒް ކާގޯ ޖުމުލަ 66،638 (ޓީއީޔޫސް) އެތެރެކުރެވިފައިވާ އިރު، 15،0692 (ފުރައިޓް ޓަންސް) ޖެނެރަލް ކާގޯ ރާއްޖެ އެތެރެ ކުރެވިފައި ވެއެވެ. އެއީ 2023 ވަނަ އަރާ އަޅާބަލާއިރު، ކޮންޓެނެރައިޒް ކާގޯ %7 އަދި ޖެނެރަލް ކާގޯ %29 އިތުރު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން މިރެކޯޑު ގާއިމް ކުރެވިފައި އޮތީ، 2018 ވަނަ އަހަރާއި 2019 ވަނަ އަރު އެވެ. 2018 ވަނަ އަހަރު ރާއްޖެ އެތެރެ ކުރެވިފައިވަނީ، 63،002 ކޮންޓެއިރ (ޓީއީޔޫސް) އާއި 12،3669 ޖެނެރަލް ކާގޯ (ފުރައިޓު ޓަންސް) އެވެ. އަދި 2019 ވަނަ އަހަރުވެސް މާބޮޑު ތަފާތެއް އައިސްފަކާ ނުވެއެވެ. ވޭތުވެ ދިޔަ 5 އަހަރަށް ބަލާއިރު، ކޮވިޑުގެ 2 އަހަރު ދުވަހަށްފަހު ވެސް ކާގޯ އިތުރުވި އަދަދަށް މާބޮޑު ބަދަލެއް ނާދެއެވެ. އޭގެ މާނަ އަކީ ގައުމުގެ އިގުތިސާދަށް މާބޮޑު ދިރުމެއް އައިސްފާ ނުވާކަމެވެ.

ނަމަވެސް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް، ރާއްޖޭގެ އިގުތިސާދަށް ދިރުން އައިސްފައިވާކަން، ކަށަވަރު ކޮށްދެނީ، ނިމިދިޔަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު އެހެން އަހަރު ތަކާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރު ވެފައިވާ ކަމުންނެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ފުޅު ތަކުގެ ގިނަ ޕްރޮޖެކުޓު ތަކެއް 2025 ވަނަ އަހަރު ފެށިގެން ދިއުމުން ރާއްޖޭގެ އިގުތިސާދަށް ދުވަހަކުވެސް ނުލިބޭވަރުގެ ކުރި އެރުމެއް މިއަހަރު ލިބިގެން ދާނެކަން ޔަގީނެވެ.

އަދި މިކުރިއެރުމާއެކު ރާއްޖެ އަންނަ ކާގޯގެ އަދަދު ވަރަށްބޮޑު ތަނުން އިތުރުވެގެންދާނެތީ، ޕްރޮޖެކުޓު ތަކަށް ދަތިނުވާ ގޮތަށް ކާގޯ މެނޭޖު ކުރުމަށްޓަކައި އެމްޕީއެލް އިން މިދަނީ، ތައްޔާރު ވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ހަފްތާގައި އެމްޕީއެލްއިން 1،359 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި ޚަބަރު | 3 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 4 ދުވަސް ކުރިންރާއްޖެ އަށް އެންމެ ގިނަ ކާގޯ އެތެރެ ކުރެވުނު އަހަރަކީ 2024 ޚަބަރު | 8 މަސް ކުރިން