logo
Bank of Maldives

Bank of Maldives

ޚަބަރު

ލައިވް ބްލޮގް: ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު މެދު ރާއްޖެއަށް އޮރެންޖް އެލާޓް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
3 ޖެނުއަރީ 2025 - 10:00
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި --- ފޮޓޯ/މިހާރު
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި --- ފޮޓޯ/މިހާރު
03-01-2025 | 15:00

މި ލައިވް ބްލޮގަކީ ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައާ ގުޅިގެން ހުރިހާ ޚަބަރެއް އެއް ސަފުހާއަކުން ގެނެސްދިނުމަށް ކުރިއަށްގެންދާ ލައިވް ބްލޮގެކެވެ. މި ލައިވް ބްލޮގުން، ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތު ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

 

03-01-2025 | 15:03

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖްވަނީ އެލާޓް ނެރެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އެ ސަރަހައްދުތަކަށް އޮރެންޖު އެލާޓް ނެރުނޫ މިއަދު މެންދުރު ފަހު ތިނަކުން މިރޭގެ ހަތެއް ޖެހުމާ ހަަމައަށެވެ. އެހެންކަމުން، އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެދި އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމުގައި ވެސް މެޓުން ބުނެފައެވެ. ރާއްޖެއަށް މިހާރު މިކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ އިރު ދެކުނުގަ އުފެދިފައިވާ ކޮޅިގަނޑާއި ސާކިއުލޭޝަން، މިހާރު ރާއްޖެ ސަރަހައްދުގައި ދައުރުވަމުންދިއުމުގެ ސަބަބުން ކުރަމުންދާ ވިއްސާރާއެކެވެ.

 

03-01-2025 | 15:10

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

03-01-2025 | 15:15

ބޯކޮށް ވާރޭ ވެހުމާާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓު ލިބިފައިވާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. އެއީ އުދައަރައިގެން ށ.ނަރުދޫ އަދި ރ. އިނގުރައިދޫ. ވާރޭ ވެހި ފެންބޮޑުވެގެން ދ. ކުޑަހުވަދޫ، ދ.މީދޫ،ފ.ނިލަންދޫ އަދި ފ. މަގޫދޫ. ކަމުގައި ވެސް އެންޑީއެމްއޭ އިން ބުނެއެވެ.

 

 

03-01-2025 | 15:20

ރާއްޖެއަށް މިހާރު މިކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ އިރު ދެކުނުގަ އުފެދިފައިވާ ކޮޅިގަނޑާއި ސާކިއުލޭޝަން، މިހާރު ރާއްޖެ ސަރަހައްދުގައި ދައުރުވަމުންދިއުމުގެ ސަބަބުން ކުރަމުންދާ ވިއްސާރާއެއް. ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ވި ސާކިއުލޭޝަނުގެ ބާރު ދަށްވާނެ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.

 

03-01-2025 | 21:30

ތިލަފުށީގައި ހުރި ގުދަންތަކަށް ވެސް ފެންވަދެ، މުދަލަަށް ގެއްލުންވެފައިވާ ޚަބަރުތައް ދަނީ ފެތުރެމުންނެވެ.

 

03-01-2025 | 21:32

މިއަދު މާލެއަށް ވާރޭ ވެހުނީ ރެކޯޑު މިންވަރަކަށް ކަމަށް އިދާރާތަކުން މައުލޫމާތު ދެއެވެ. އެ ވިއްސާރައިގައި މުޅި މާލޭގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝިޔާގެ ކަމްޗަޓްކާ އަށް ބާރުގަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު، ރާއްޖެ އަށް ނުރައްކަލެއްނެތްޚަބަރު | 5 ދުވަސް ކުރިންއިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްެެއަށްވުރެ މައްޗަށްޚަބަރު | 11 ދުވަސް ކުރިންމި މަހު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެކަމަށް ލަފާކޮށްފި ޚަބަރު | 13 ދުވަސް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިޚަބަރު | 19 ދުވަސް ކުރިން