ޑެންޒެލް ޑަމްފްރީސްގެ ދެ ލަނޑުން އިންޓަރ މިލާން ސުޕަރކޯޕާ އިޓާލިއާނާގެ ފައިނަލަށް
3 ޖެނުއަރީ 2025 - 11:14

ސަޢޫދީގެ ރިޔާދުގައި ބޭއްވުނު ސުޕަރ ކޮޕާ އިޓާލިއާނާގެ ސެމީފައިނަލްގައި އެޓަލާންޓާއާ އިންޓަރ މިލާން ބައްދަލުކުރި މެޗުން 2-0 އިން މޮލުވެ، އިންޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުގައި އިންޓަރގެ ދެ ލަނޑު ޖެހީ ޑެންޒެލް ޑަމްފްރީސްއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އަޓަލާންޓާގެ ގޯލްކީޕަރ މާކޯ ކާނެސެކީ ރަނގަޅު ޕަފޯމަންސެއް ދެއްކި ނަމަވެސް، ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި ޑަމްފްރީސް ވަނީ އިންޓަރގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އޭނާގެ ދެވަނަ ލަނޑު ޖެހީ އޭގެ 12 މިނެޓު ފަހުންނެވެ.

Ad by Hajj Corporation
މި މެޗާއެކު އިންޓަރ މިލާން ވަނީ ވިދިވިދިގެން ހަތް މެޗުގައި އެޓަލާންޓާއާ ދެކޮޅަށް މޮޅުވެފައެވެ. އަދި ޑަމްފްރީސްއަކީ ސުޕަރކޯޕާ އިޓާލިއާނާގައި ލަނޑެއް ޖެހި ފަސްވަނަ ހޮލެންޑުގެ ކުޅުންތެރިޔާއެވެ.
މިހާރު އިންޓަރ މިލާން ބަލަމުންދަނީ ސެމީގެ ދެވަނަ މެޗުގައި ޔުވެންޓަސްއާއި އޭސީ މިލާން ބައްދަލުކުރާ މެޗުގެ ނަތީޖާއަށެވެ. މި ދެ ޓީމުގެ ތެރެއިން ކާމިޔާބުވާ ޓީމަކާ އެކު އިންޓަރ މިލާން ފައިނަލުގައި ވާދަކުރާނެއެވެ. އިންޓަރ މިލާން މަސައްކަތްކުރަމުންދަނީ ވިދިވިދިގެން ހަތަރުވަނަ ފަހަރަށްވެސް މި މުބާރާތް ކާމިޔާބުކުރުމަށެވެ.
މި މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ ޖަވަނަރީ މަހުގެ 7 ވަނަ ދުވަހުގައި، އަލް ނަސްރުގެ އަލް-އައްވަލް ޕާކުގައެވެ.