އިޓާލިއަން ސުޕަރ ކަޕުގެ ފައިނަލަށް އޭސީ މިލާނާއި އިންޓަރ މިލާން
4 ޖެނުއަރީ 2025 - 12:37

އިޓާލިއަން ސުޕަރ ކަޕުގެ ފައިނަލަށް މިލާނުގެ އެންމެ ވާދަވެރި ދެކުލަބު ކަމަށްވާ އޭސީ މިލާނާއި އިންޓަރ މިލާން ދަތުރުކޮށްފިއެވެ.

Ad by Hajj Corporation
ރޭގައި ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗުގައި އޭސީ މިލާން ވަނީ ވާދަވެރި ޔުވެންޓަސް 2-1 އިން ބަލިކޮށްފައެވެ. ރޭގައި ސަޢޫދީގެ އަލް-އައްވަލް ޕާކުގައި ކުޅުނު މިމެޗުގައި ގޯލުޖަހަ ލީޑު ނެގީ ޔުވެންޓަސް އިންނެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ 21 ވަނަ މިނެޓުގައި ޔިލްޑިޒްއެވެ. ނަމަވެސް މެޗުގެ 75 ވަނަ މިނެޓުގައި މިލާނުކެ ޕުލިސިޗް ވަނީ ޕެނަލްޓީ ގޯލެއްޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. މިލާނުގެ ދެވަނަ ގޯލަކީ ޔުވެންޓަސްގެ ޑިފެންޑަރ ގައްޓީ އަތުން ބައިކޮޅަށް ވަތްގޯލެކެވެ.
މީގެ ކުރިން އިންޓަރ މިލާން ވެސްވަނީ މިމުބާރާތުގެ ސެމީ ފައިނަލުގައި އެޓަލާންޓާ 2-0 އިން ބަލިކޮށް ފައިނަލަށް ދަތުރުކޮށްފައެވެ.
މިލާނުގެ ދެޓީމު އެންމެ ފަހުން މިމުބާރާޓުގެ ފައިނަލު ކުޅެފައިވަނީ 2022 ވަނަ އަހަރުގައެވެ. މިމެޗު 3-0 އިން ކާމިޔާބުކޮށް ތަށިއުފުލާލީ އިންޓަރ މިލާނެވެ.
މިމުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ ޖަނަވަރީ 7 ވަނަދުވަހުގެ ރޭގައި ރާއްޖެގަޑިން 12:00 އިރުގައެވެ.