logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާ އައުޓް ކެމްޕޭނާއި މި ސަރުކާރާއި ގުޅުމެއްނެތް: ޚަލީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖެނުއަރީ 2025 - 20:37
އިންޑިއާ އައުޓް ކެމްޕޭނާއި މި ސަރުކާރާއި ގުޅުމެއްނެތް: ޚަލީލް

އިންޑިއާ އައުޓް ކެމްޕޭނާއި މި ސަރުކާރާއި އެއްވެސް ގުޅުމެއްނެތްކަމަށާއި، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފެށްޓެވި މަސައްކަތެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޚަލީލް މިހެން ވިދާޅުވީ، އިންޑިއާއަށް މިހާރުކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބައިނަލްއަޤުވާމީ ޓީވީ ޗެނަލްއެއްކަމުގައިވާ ވިއޯންއަށް ދެއްވި އިންޓަރވިއުއެއްގައެވެ. އިންޑިއާ އައުޓް ހަރަކާތަށް އަލިއަޅުވައިލައްވަމުން ޚަލީލް ވިދާޅުވީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސް ނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެންނާއި، ކުރީގެ ރައީސް [ޔާމީން]އާ އޮތް ގުޅުމަކީ މުޅިން ތަފާތު ގުޅުމެއް. މިހާރު އެ މަނިކުފާނު ހުންނެވީ [މަންޒަރުން] މުޅިން ބޭރުގައި. އަދި މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް،" ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ޚަލީލް އިތުރަށް ވިދާޅުވީ، އަވައްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ޚާއްސަ އިސްކަމެއްދެއްވާކަން ރާއްޖެއިން ޤަބޫލުކުރާކަމަށެވެ. އެކަން އެންމެ ބޮޑަށް ހާމަވާ ކަންތައްތަކަކީ މިހާރުވެސް ރާއްޖޭގައި އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްދާ ތަރައްޤީގެ އެތައް މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

އަދި ރައީސުލްޖުމްހޫރިއްޔާގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ހުރިހާ ޤައުމަކާވެސް ގުޅިގެން މަސައްކަތްކުރަން ރާއްޖެއިން ބޭނުންވާކަމަށް ޚަލީލް ވިދާޅުވިއެވެ. އެހެން ޤައުމުތަކާއެކު ބާއްވާ ގުޅުމަކުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީގުޅުމަށް ހީނަރުކަމެއް ނާންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ފަށައިފިން: ޑރ. ޚަލީލުޚަބަރު | 11 ދުވަސް ކުރިންއިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލުޚަބަރު | 23 ދުވަސް ކުރިންމޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ރާއްޖެއިން ކުރާ ގަދަފަދަ މަސައްކަތްތައް ހިއްސާކުރަށްވައިފިޚަބަރު | 4 މަސް ކުރިންތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީޚަބަރު | އަހަރެއް ކުރިން