logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާގެ އެހީގައި ވެރިކަން ބަދަލުކުރަން ރޭވިކަމަށް ބުނާ ރިޕޯޓަކީ ދޮގެއް: ޚަލީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖެނުއަރީ 2025 - 21:11
''އިންޑިއާގެ އެހީގައި ވެރިކަން ބަދަލުކުރަން ރޭވިކަމަށް ބުނާ ރިޕޯޓަކީ ދޮގެއް''

އިންޑިއާއިން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ރޭވުންތަކެއް ރޭވިކަމަށް ބުނެ ވޮޝިންޓަން ޕޯސްޓުގައި ލިޔެފައިވާ ރިޕޯޓަކީ މުޅީން ދޮގު ރިޕޯޓެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިހެން ވިދާޅުވެފައިވަނީ، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވިއޯން ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ރިޕޯޓާ ގުޅިގެން ޚަލީލު ވިދާޅުވީ އެއީ މުޅީން ދޮގު، އަދި އެ ތުހުމަތުތަކަކީ، އެއްވެސް ތެދެއް ނެތް ތުހުމަތުތަކެއް ކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާ ކަމަށެވެ.

ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު މިވަގުތު އޮތީ ވަރަށް ވަރުގަދަ ގުޅުމެކެވެ. އަދި އެ ގުޅުމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް ހީނަރުކަން ގެންނަން އަދިވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ޚަލީލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޚަލީލް ވިދާޅުވީ އެކި ގައުމުތަކާއެކު ބާއްވާ ގުޅުން ތަފާތު ކަމަށެވެ. އެގޮތުން ބައެއް ގައުމުތަކާއެކު ހަމައެކަނި އިގްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރާއިރު، އަނެއްބައި ގައުމުތަކާއެކު އެހެން ދާއިރާތަކުން ވެސް ގުޅުން ބަދަހިކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ފަށައިފިން: ޑރ. ޚަލީލުޚަބަރު | 9 ދުވަސް ކުރިންޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިޚަބަރު | 10 ދުވަސް ކުރިންމެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 21 ދުވަސް ކުރިންމެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ސަރުކާރުން އެދިއްޖެޚަބަރު | 21 ދުވަސް ކުރިން