logo
Bank of Maldives

Bank of Maldives

ޚަބަރު

ދިފާއީ ވަޒީރު ޣައްސާން އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވަނީ

އާމިނަތު ޝަފާ
5 ޖެނުއަރީ 2025 - 05:27
ދިފާއީ ވަޒީރު ޣައްސާން
ދިފާއީ ވަޒީރު ޣައްސާން

ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން އަންނަ ހަފްތާގައި އިންޑިއާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ވިއޯން ނޫހުގައި ރިޕޯޓްކޮށްފައިވަނީ ގޮތުގައި ދިފާއީ ވަޒީރު މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ނޫހުގައި މިގޮތަށް ރިޕޯޓްކޮށްފައިވަނީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ދެއްވި އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ހާރިޖީ ވަޒީރު ހަލީލްއާ ހަވާލާދީ ނޫހުގައިވަނީ ރިޕޯޓުކޮށްފައެވެ.

މި ދަތުރުފުޅު ވެގެންދާނީ ދިފާއީ ވަޒީރު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

ފަހަކަށް އައިސް އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިފަހުން ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، އިންޑިއާގެ ހިލޭއެހީއާއި، ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.

ހަމައެޔާއެކު، ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޑރ. ޚަލީލް ޝުކުރު އަދާކުރައްވާފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ދިފާއީ ގާބިލުކަމަށް އިސްކަންދެއްވީ ރައީސް މުޢިއްޒު: ވަޒީރު ޣައްސާން ޚަބަރު | ދުވަހެއް ކުރިންއޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގެންފި ޚަބަރު | 5 މަސް ކުރިންދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ޙައްޤުޚަބަރު | 6 މަސް ކުރިންދިފާއީ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި ޚަބަރު | 10 މަސް ކުރިން