ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހަދައިފި
5 ޖެނުއަރީ 2025 - 17:06

މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ގަދަ ވިއްސާރައިގައި ގެއްލުން ލިބުނު 92 ގެއެއްގެ އެސެސްމެންޓް ހަދާފައިވާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މާލެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން އެންޑީއެމްއޭ އިން ވަނީ ފޯރުކޮށްދީފަ އެވެ.

Ad by Hajj Corporation
މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފ. ނިލަންދޫ އަދި ކ. ހިންމަފުއްޓަށެވެ. އެގޮތުން ނިލަންދޫގެ 80 ޕަސެންޓުގައި ފެން ބޮޑުވިއިރު ހިންމަފުށީގެ 60 ޕަސެންޓަށް ފެން ބޮޑުވި އެވެ. އަދި ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކުރިއެވެ.
އެންޑީއެމްއޭ އިން ބުނީ މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރައާ ގުޅިގެން ޑެމޭޖް އެސެސްމެންޓް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވުނު 137 ތަނުގެ ތެރެއިން 92 ގެއެއްގެ އެސެސްމަންޓް ނިމިފައިވާ ކަމަށެވެ. އަދި އެކި ސަބަބުތަކާއި ހެދި ނުނިމި ހުރި 45 ގޭގެ އެސެސްމަންޓް މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.
މި މަސައްކަތުގައި އެންޑީއެމްއޭގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް އަދި ދިވެހި ރެޑްކްރެސެންޓުން ވަނީ ބައިވެރިވެފަ އެވެ.