logo
ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖު: މެޗުޑޭ 2 ގެ އުސްއަލިތައް

އަބްދުﷲ ޣާނިމް
7 ޖެނުއަރީ 2025 - 04:49
ބިލެތްފަހީ މެޗުގައި ގޯލުޖެހުމަށްފަހު ޒެއްޕި އައްޕެއާއެކު އުފާ ފާޅުކުރަނީ. ފޮޓޯ: އިމޭޖެސް.އެމް.ވީ
ބިލެތްފަހީ މެޗުގައި ގޯލުޖެހުމަށްފަހު ޒެއްޕި އައްޕެއާއެކު އުފާ ފާޅުކުރަނީ. ފޮޓޯ: އިމޭޖެސް.އެމް.ވީ

ގޯލްޑަން ފުޓްސަލް މުބާރާތުގައި އިއްޔެ ވަނީ ޖުމްލަ 8 މެޗު ކުޅެވިފައެވެ. އެގޮތުން އިއްޔެ ވަނީ ށ އަތޮޅުގެ ގްރޫޕް ތަކުގެ އިތުރުން ތ އަތޮޅުގެ ގްރޫޕް ތަކުގެ މެޗުތައް ކުޅެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ށ. އޮތޮޅުގެ މެޗުތަކަށް ބަލާއިރު އަތޮޅު ޗެންޕިއަން ކަނޑިތީމު ވަނީ ހަނިގޮކަށް 1 ގޯލާއެކު މަރޮށީގެ މައްޗަށް ކުރިހޯދާފައެވެ. މިމެޗުގެ ހަމައެކަނި ގޯލުޖެހީ އަހުމަދު ރިޒާން އެވެ. އިންޔެ ކުޅުނު 2 ވަނަ މެޗުގައި މިލަންދޫ ވަނީ ފޭދޫ އަތުން 2-1 އިން މޮޅުވެފައެވެ.

 

އިއްޔެ ކުޅުނު 3 ވަނަ މެޗުގައި ބައްދަލުކުރީ ބިލެތްފައްސާއި ގޮއިދޫއެވެ. މިމެޗު 2-1 އިން ކާމިޔާބުކުރީ ބިލެތްފައްސެވެ. މެޗުގެ ބިލެތްފަހީގެ ގޯލުތައް ޖެހީ އައިމަން (ޓަންނި) އަދި އިފުރާދު (ޒެއްޕި) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒެއްޕިއެވެ.

 

ށ އަތޮޅުގެ ފަހުމެޗުގައި ނަރުދޫ ވަނީ ޅައިމަގު އަތުން 3-2 އިން މޮޅުވެފައެވެ.

 

ތ އަތޮޅުގެ މެޗުތަކަށް ބަލާއިރު ވިލުފުށި ވަނީ އޮމަދޫއަތުން 2-1 އިން މޮޅުވެފައެވެ. އަދި ތ ޗެންޕިއަން ތިމަރަފުށި ވަނީ ކިނބިދޫއަތުން 2-1 އިން މޮޅުވެފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ ތިމަރަފުށީ އަސްވާޑު އެވެ. ވޭމަންޑޫގެ މައްޗަށް ހިރިލަންދޫ 3-2 އިން މޮޅުވެފައިވާއިރު ބުރުނި ވަނީ ކަނޑޫދޫއަތުން 4-1 އިން މޮޅުވެފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ ބުރުނީގެ މުޙައްމަދު ނާހިލް ނޫޙް އެވެ.

 

މިމުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައިވަނީ ފ އާއި އއ ގެ މެޗުތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 7 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިން