logoEN
ދުނިޔެ

ޓިބެޓްއަށް ބިންހެލުމެއް އައިސް، 126 މީހަކު މަރުވެއްޖެ

ޓިބެޓްއަށް ބިންހެލުމެއް އަރައިފި--- ފޮޓޯ/އެންޑީޓީވީ

ޓިބެޓްއަށް ބިންހެލުމެއް އަރައިފި--- ފޮޓޯ/އެންޑީޓީވީ

ޗައިނާގެ ޓިބެޓް ސަރަހައްދުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ސިގަޓޭޝް ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސް 126 މީހަކު މަރުވެ, އިމާރާތްތަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ޗައިނާ އާތުކުއޭކް ނެޓްވޯކްސް ސެންޓަރު (ސީއީއެންސީ)ން ބުނި ގޮތުގައި، އެ ބިންހެލުން އައިސްފައިވަނީ ނޭޕާލްގެ ބޯޑަރު ކައިރިއަށް 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އިއްޔެ ހެނދުނު ޗައިނާ ގަޑިން 9:05 ގައެވެ. އެހެން ނަމަވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި، އެ ބިންހެލުމުގެ ބާރުމިނަކީ 7.1 މެގްނިޓިއުޑް އެވެ.

އެ ބިންހެލުމުގައި ވެއްޓުނު ގެތަކުގެ އަދަދު 1,000 އަށްވުރެ ގިނަ ވާނެ ކަމަށް މީހުން ސަލާމަތްކުރުމުގައި އުޅޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި އެ ހާދިސާގައި 188 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ.

އެގޮތުން އެ ބިންހެލުމާ ގުޅޭ ގޮތުން ސީއީއެންސީން ބުނީ، ބިންހެލުންތަކަކީ އެ ސަރަހައްދަށް އާންމު ކަމެއް ނަމަވެސް އިއްޔެ އައި ބިންހެލުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، 200 ކިލޯމީޓަރުގެ އެ ސަރަހައްދަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.

އެގޮތުން ޓިބެޓަށް އައި އެ ބިންހެލުމުގެ އަސަރު އިންޑިއާގެ އުތުރުގެ ބިހާރު ސްޓޭޓަށާއި، ގާތްގަނޑަކަށް 400 ކިލޯމީޓަރު (248 މޭލު) ދުރުގައި އޮންނަ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށް ވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

އެ ބިންހެލުން އައިސްފައި ވަނީ އުތުރުން ހިމާލަޔާ ސަރަޙައްދަށް ވަދެވެން އޮންނަ މަގާ ދިމާލުން ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. އެއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ހިމާލަޔާއާ 80 ކިލޯމީޓަރު ދުރު ސަރަޙައްދެކެވެ. އެއީ ފަތުރުވެރިންގެ މެދުގައި މަޤްބޫލް ސަރަޙައްދެއް ކަމަށްވި ނަމަވެސް ފިނި މޫސުމުގައި އެއީ މީހުން ގޮސްއުޅޭ ސަރަޙައްދެއް ނޫނެވެ.1950ވަނަ އަހަރުގެ ފަހުން އެ ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 6އަކަށްވުރެ ބާރުގަދަ 21 ބިންހެލުން އެ ސަރަޙައްދަށް އައިސްފައިވެއެވެ. އެއީ 30 އަވަށެއްގައި މިލިއަނެއްހާ މީހުން ދިރިއުޅޭ ސަރަޙައްދެކެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder