logo
MPL

MPL

ދުނިޔެ

ޣައްޒާގައި އިޒްރޭލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް: އިޒްރޭލުގެ ކުރީގެ ދިފާއީ ވަޒީރު

 އިޒްރޭލުގެ ކުރީގެ ދިފާއީ ވަޒީރު  ރިޓަޔަޑް ޖެނެރަލް މޯޝޭ ޔުއާލޫން--- ފޮޓޯ/ސީއެންއެން
އިޒްރޭލުގެ ކުރީގެ ދިފާއީ ވަޒީރު  ރިޓަޔަޑް ޖެނެރަލް މޯޝޭ ޔުއާލޫން--- ފޮޓޯ/ސީއެންއެން

އިޒްރޭލުން ގައްޒާގެ ހަމާސްއާ ދެކޮޅަށް ކުރަނީ ހަނގުރާމަ ނޫންކަމަށާއި، އިޒްރޭލުން ހިންގަމުން ދަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް އިޒްރޭލުގެ ކުރީގެ ދިފާއީ ވަޒީރު  ރިޓަޔަޑް ޖެނެރަލް މޯޝޭ ޔުއާލޫން ވިދާޅުވެއްޖެއެވެ.

އޭނާ އެފެދައިން ވިދާޅުވީ އިޒްރޭލުގެ ނޫހެއް ކަމަށްވާ "ޔަދިއޮތު އަހްރަނޮތު" ދިން ބަސްދީ ގަތުމެއްގައިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މޯޝޭ ވިދާޅުވީ، ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އޭނާ ވެސް ގަބޫލުކުރާ ނަމަވެސް، ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ކޮންމެ ކަމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް އޭނާ ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް، ހަމާސްއާ ހަނގުރާމަ ކުރުމުގެ ނަމުގައި ކޮންމެ ދުވަހަކު ޣައްޒާގެ އާންމުންގެ ހަތްދިހަ ނޫނީ އައްޑިހަ ވަރަކަށް މީހުން މަރަން ޖެހޭ ސަބަބެއް ނޯންނާނެކަމަށް މޯޝޭ ވިދާޅުވިއެވެ.

މީގެކުރިން ވެސް މޯޝޭ މި މޭރުމުން ވާހަކަ ދެއްކުމުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުންވަނީ ޔުއާލޫންގެ ވާހަކަތައް ކުށްވެރިކޮށް އޭނާ ދެއްކި އެ ވާހަކަތައް އަނބުރައި ގެންދިޔުމަށް ގޮވާލާފައެވެ.

އެހެން ނަމަވެސް އޭނާގެ ވާހަކަތަކަކީ ހަގީގަތްކަމަށާއި އެ ވާހަކަތައް އަނބުރައި ނުގެންނާނެ ކަމުގައި ބުނެ، މޯޝޭ ވަނީ ނަތަންޔާހޫ އަށް ވެސް ރައްދު ދެއްވާފައެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ރައީސަކީ "ބަލިކަށި އަދި ދަށުދަރަޖައިގެ މީހެއް": ޓްރަމްޕްދުނިޔެ | 7 މަސް ކުރިންރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިޚަބަރު | 8 މަސް ކުރިންމެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 8 މަސް ކުރިންނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފިދުނިޔެ | އަހަރެއް ކުރިން