މާލޭ އާސަހަރާ މިސްކިތުގެ ތިރީބައިގެ މަސަތްކަތް ނިންމުމަށްފަހު ހުޅުވައިފި
6 ސެޕްޓެމްބަރު 2024 - 13:36

މާލޭ އާސަހަރާ މިސްކިތުގެ ތިރީބައިގެ މަސަތްކަތް ނިންމުމަށްފަހު މިއަދު ހުޅުވައިފިއެވެ
މާލޭ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވާގޮތުން ބޮޑު މަރާމާތްތަކަށް ފަހު މިއަދު ވަނީ މާލޭ އާސަހަރާ މިސްކިތުގެ ތިރީބައި އަލުން ހުޅުވައިފައެވެ.

Ad by Hajj Corporation
އަދި މިހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މި މިސްކިތުގެ މަސައްކަތް ފުރިހަމަކޮށް، ޖަނާޒާތަކަށް މިސްކިތް ބޭނުން ކުރެވޭނެ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މޭޔަރު ވިދާޅުވެފައިވަނީ މި މަރާމާތުގެ ސަބަބުން މާލޭގަ ނިޔާވާ މީހުން ހުޅުމާލެ ގެންދާކަށް ނުޖެހޭނެ ކަމަށާއި އެކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.އާސަހަރާ މިސްކިތުގެ ޖާގަ އިތުރުކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ.
އޭގެ ފަހުން މިއަހަރު އޭޕްރީލް މަހުކުރި ފިނިޝިން މަސަތްކަތާލައިގެން މުޅި މި މަޝްރޫއުއަށް 11 މިލިއަން ރުފިޔާވަނީ ސަރުކާރުން ޙަރަދުކޮށްފައެވެ .އާ ސަހަރާގެ މިސްކިތް މަރާމާތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި އެތަނުގައި ހުރި ބާ އިމާރާތް ތަޅާލައި މިސްކިތުގެ ޖާގަ ބޮޑުކުރުމާއި ލައުންޖަކާއި ހިނަވާގެއެއް ހެދުން ހިމެނެ އެވެ.


