logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަނީ

އަޙްމަދު ޒަލީފް
8 ޖެނުއަރީ 2025 - 16:21
ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެގޮތުން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ އިތުރުން މި މަހުގެ 20 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން މަޖިލީހުގެ ތިން ވަނަ ދައުރަކީ އޮކްޓޯބަރު 1 އިން ފެށިގެން ނޮވެމްބަރު ނިޔަލަށެވެ. ނަމަވެސް މަޖިލީހުގައި މަސައްކަތްތައް ހުރުމުން މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނިންމާލީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ޖަލްސާގެ އެޖެންޑާ އަދި މިހާތަނަށް އާއްމުކޮށްފައި ނުވިނަމަވެސް އެ ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދެ މެމްބަރުންގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމަށް ވޯޓު ނެގުނުް އޮންނާނެ އެވެ.

އީސީގެ ދެ މެމްބަަރެއްގެ މަގާމު ހުސްވީ އަލީ ނަޝާތު އާއި މުހައްމަދު އާސިފް މަގާމުން ވަކިކުރަން މިިދޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އީސީގެ މެންބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަން ޖެހޭނެ އެވެ.

މަޖިލީހުގެ ދައުރު ދެން ފެށޭނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުޤަވާއިދުން ޕޭމަންޓް ސިސްޓަމެއް ހިންގައިފިނަމަ ބޮޑު ޖޫރިމަނާއެއް ޚަބަރު | މަހެއް ކުރިންރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާއަށްޚަބަރު | 7 މަސް ކުރިންދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަނީ ޚަބަރު | 8 މަސް ކުރިންދޮގު ހަބަރުގެ ސަބަބުން މުޅި ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކޮށްލާ: ނާޒިމް ޚަބަރު | 10 މަސް ކުރިން