logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވަރުގަދަ ލިވަރޕޫލް ބަލިކޮށް ޓޮޓްނަމްއިން ލީގުކަޕްގެ ފައިނަލާއި ގާތަށް

އަބްދުﷲ ޣާނިމް
9 ޖެނުއަރީ 2025 - 03:51
ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ ލޫކަސް ބަރެވާލް. ފޮޓޯ: ޓޮޓްނަމް
ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ ލޫކަސް ބަރެވާލް. ފޮޓޯ: ޓޮޓްނަމް

އިނގިރޭސި ލީގުކަޕްގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ޓޮޓްނަމް ލިވަރޕޫލުގެ މައްޗަށް ކުރިހޯދައިފިއެވެ. ޓޮޓްނަމްގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ނިމުނީ 1-0 އިން ޓޮޓްނަމް މޮޅުވެގެންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގައި ދެޓީމުންވެސް ވަނީ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ޓޮޓްނަމްގެ ޑޮމިނިކް ސޮލަންކޭ ޖެހި ގޯލުވަނީ ވީ.އޭ.އާރު ބަލައި އޮފްސައިޑްކަމަށް ނިންމާފައެވެ. މިމެޗުގެ ޓޮޓްނަމްގެ ހަމައެކަނި ގޯލުޖަހާފައިފަވީ މެޗުގެ 86 ވަނަ މިނެޓުގައި ސްވިޑަންގެ ޓީނޭޖު ކުޅުންތެރިޔާ ލޫކަސް ބަރެވާލް އެވެ. މިއީ މިދިޔަ ޖުލައިގައި ޓޮޓްނަމް އަށް ބަދަލުވި މިކުޅުންތެރިޔާ ކުލަބަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

 

ރޭގެމެޗުގައި ލިވަރޕޫލުގެ ފަރާތުން ވަނީ ޖުމްލަ 7 ސޮޓް ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. މިހުރިހާ ސޮޓެއް ދިފާއުކުރުމުގެ މޭސްތިރިޔަކީ ޓޮޓްނަމްގެ ގޯލްކީޕަރު ކިންސްކީއެވެ.

 

ރޭގެ މޮޅާއެކު ސެމީފައިނަލުގެ ކޮންޓްރޯލް ޓޮޓްނަމް އިން ވަނީ ނަގާފައެވެ. ލިވަރޕޫލުގެ އެންފީލްޑް ގައި ކުޅެން ހަމަޖެހިފައިވާ ސެމީގެ ދެވަނަ ލެގު ކުޅެން ހަމަޖެހިފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހުގައެވެ.

 

މިމުބާރާތުގެ ސެމީފައިނަލުގެ އަނެއްކޮޅުން ބައްދަލުކުރާ އާރސެނަލް އާއި ނިއުކާސަލް މެޗުގައި، ނިއުކާސަލް ވަނީ މޮޅުވެފައެވެ. މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަންޓީމަކީ ލިވަރޕޫލެވެ.  

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސްމާނުގައި ތިބި އާސެނަލްގެ ސަޕޯޓަރުންނަށް އަދިވެސް އެޓީމަކީ އަންނައަހަރު އެފްސީކަން ހަނދާކޮށްދީ ސިޓީ ތަށި އުފުލާލައިފިކުޅިވަރު | 6 ގަޑިއިރު ކުރިންސައިމަންސްގެ ދެ ލަނޑާއެކުވެސް ޓޮޓެންހަމް ކަޓައި، އެތުލެޓިކޯ ކުއާޓަރ ފައިނަލަށްކުޅިވަރު | 4 ދުވަސް ކުރިންރެލިގޭޝަން ޓީމުތަކަށް ލިވަޕޫލުން ހަދިޔާ ބަހަނީ، މިފަހަރު ޓޮޓްނަމްއަށްކުޅިވަރު | 7 ދުވަސް ކުރިންޓޮޓްނަމްގެ ސީޒަން ގޯހުން ގޯހަށް، ލީގު ރެލިގޭޝަންގައި އޮތްޓީމު ޗެންޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބަލިވެއްޖެކުޅިވަރު | 12 ދުވަސް ކުރިން