logo
Bank of Maldives

Bank of Maldives

ޚަބަރު

މާދަމާ ހެނދުނުގެ ވަގުތުގައި މާލޭ އަދި ހުޅުމާލޭން ކަރަންޓު ކެނޑިދާނެ : ސްޓެލްކޯ

ރަނާ އަޙްމަދު ފަޔާޒް
9 ޖެނުއަރީ 2025 - 09:20
މާލެ ސްޓެލްކޯ އިމާރާތް
މާލެ ސްޓެލްކޯ އިމާރާތް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، މާދަމާ ހެނދުނު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުންވެސް މާދަމާގެ ހެނދުނު 6:00 -8:00 އާއި ދެމެދުގެ ވަގުތުގައި 1 ގަޑިރުގެ ވަގުތަކަށް ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަބްސްޓޭޝަންގައި 50 އެމްވީގެ ހައިވޯލްޓޭޖް ދެ ޓަރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހަމަމިއާއެކު މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވައި، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތިކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކް ސްޓެލްކޯއާ ޙަވާލުކޮށްފިޚަބަރު | 10 ދުވަސް ކުރިންހުޅުމާލެއިން  ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފިޚަބަރު | 17 ދުވަސް ކުރިންމާލެ ސިޓީ ޒީނަތްތެރިކުރުމަށް ހަދަންޖެހޭ ޕާކުތަކާއި، މައިޒާންތަކާއި، ބަސް ސްޓޭންޑްތައް ހަތަރު ވަނަ ދައުރުގައި ވާނީ ނިންމާފައި: އަރީޝްޚަބަރު | 24 ދުވަސް ކުރިންއިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރުޚަބަރު | މަހެއް ކުރިން