logo
MPL

MPL

ޚަބަރު

މާލެ ސިޓީ ޒީނަތްތެރިކުރުމަށް ހަދަންޖެހޭ ޕާކުތަކާއި، މައިޒާންތަކާއި، ބަސް ސްޓޭންޑްތަކުގެ މަސައްކަތް 4 ވަނަ ދައުރުގައި ވާނީ ނިންމާފައި: އަރީޝް

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ޖޫން 2026 - 19:49
މާލެ ސިޓީ ޒީނަތްތެރިކުރުމަށް ހަދަންޖެހޭ ޕާކުތަކާއި، މައިޒާންތަކާއި، ބަސް ސްޓޭންޑްތައް ހަތަރު ވަނަ ދައުރުގައި ވާނީ ނިންމާފައި: އަރީޝް

މާލެ ސިޓީ ޒީނަތްތެރިކޮށް ރީތިކުރުމަށްޓަކައި ހަދަންޖެހޭ ޕާކުތަކާއި، މައިޒާންތަކާއި، އަދި ބަސް ސްޓޭންޑްތަކުގެ މަސައްކަތްތައް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގައި ނިންމާފައިވާނެ ކަމަށް ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ، މާލެ ޒީނަތްތެރިކުރުމުގެ އިތުރުން މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ވެސް 4 ވަނަ ދައުރުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 5 ވަނަ ދައުރުގައި އަލަށް ކުރަންޖެހޭނެ މާ ބޮޑު ކަމެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަރީޝް ވިދާޅުވީ ޕީއެންސީގެ ކައުންސިލުން ނިންމާފައިވާ މި މަސައްކަތްތައް 5 ވަނަ ދައުރުގައި އަންނަ ކައުންސިލުން ރަނގަޅަށް ބަލަހައްޓައި މެއިންޓެއިން ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

"ތިބޭފުޅުންނަށް އޮތީ މެއިންޓެނަންސް. އަޅުގަނޑުމެން މިހަވާލުކުރީ މާލެއަށް އަޅުގަނޑުމެން ގެނައީ ތަރައްގީ ބަލަހައްޓަން،" އަރީޝް ވިދާޅުވިއެވެ.

މީގެ އިތުރުން، އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން އަރީޝް ވިދާޅުވީ، އެމްޑީޕީއަކީ ގައުމަށްޓަކައި މިހާތަނަށް އެއްވެސް އުންމީދީ މަސައްކަތެއް ކުރި ބައެއް ނޫން ކަމަށެވެ. އަދި 4 ވަނަ ދައުރުގައި ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކަކީ މާލެއަށް ގެނެވުނު ބޮޑު ތަރައްގީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ 4 ވަނަ ދައުރުގައި މާލެ އަށް ބޮޑު ބަދަލެއް ގެނެސްދެއްވައި ރައްޔިތުންނަށް ހިތްފަސޭހަ އަރާމް ސިޓީއަކަށް ހަދައިދިނުމުގެ މަސައްކަތުގެ މޭސްތިރިއަކީ އެއިރުގެ މޭޔަރު، މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ސަރަހައްދުގައި ދެ ޕާކިން ބިލްޑިންގް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީޚަބަރު | މަހެއް ކުރިން''ބޭރު މަގު މަޝްރޫޢުން ގެނެސްދެނީ މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް''ޚަބަރު | މަހެއް ކުރިން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ރައީސްޚަބަރު | މަހެއް ކުރިންމާލެ ސިޓީ ޒީނަތްތެރިކުރުމަށް ހަދަންޖެހޭ ޕާކުތަކާއި، މައިޒާންތަކާއި، ބަސް ސްޓޭންޑްތައް ހަތަރު ވަނަ ދައުރުގައި ވާނީ ނިންމާފައި: އަރީޝްޚަބަރު | 2 މަސް ކުރިން