logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަރައޫހޯ ބާސެލޯނާ ދޫކޮށްލަނީ

އަބްދުﷲ ޣާނިމް
9 ޖެނުއަރީ 2025 - 13:16
އަރައޫހޯ ބާސެލޯނާ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައި.
އަރައޫހޯ ބާސެލޯނާ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައި.

ބާސެލޯނާގެ އުރުގުއާއީ ގެ ޑިފެންޓަރ ރޮނާލްޑް އަރައޫހޯ ބާސެލޯނާ ދޫކޮށްފައި ދާންއުޅޭކަމުގެ އަޑުގަދަވާން ފަށައިފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ބާސެލޯނާގެ ގިނަ ހަބަރުތަކެއް ގެނެސްދޭ މުންޑޯޑެޕޮރޓިވޯ އިން ރިޕޯރޓް ކޮށްފައިވާގޮތުން ބާސެލޯނާގެ މާލީހާލަތު އޮތްގޮތުން ބާސެލޯނާއިން ބޮޑެތި ކުޅުންތެރިން ތަކެއް ވިއްކާލަން ނިންމާފައިވާކަމަށާއި، އެގޮތުން މިލިސްޓްގެ އެންމެ ކުރީގައި މިހާރު އޮތީ އަރައޫހޯއެވެ. އަދި އަރައޫހޯވެސް މިހާރު ބާސެލޯނާއި އޭނާ އާއި މެދު ކަންތައް ކުރާގޮތާއި މެދުގައި ހުރީ ހިތްހަމަ ނުޖެހިފައިކަމަށް ރިޕޯރޓްތައް ބުނެއެވެ. އެގޮތުން އަނީޔާއާއި ގުޅިގެން ގިނަދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރުމަސްފަހު، ޓީމަށް އެނބުރި އައިނަމަވެސް އޭނާއަށް ފުރަތަމަ 11 އިން މިހާރު ޖާގައެއް ނުލިބެއެވެ. އޭނާގެ ބަދަލުގައި މިހާރު އެމަޤާމަށް ކުޅެނީ ޒުވާން ކުޅުންތެރިޔާ ކުބަރސީއެވެ.

 

އެގޮތުން މިޖަނަވަރީ ޓްރާންފާރ މާރކެޓް ގައި އަރައޫހޯއަށް ރަނގަޅު ހުށަހެޅުމެއް އަތުވެއްޖެނަމަ، އޭނާ ކުލަބުން ދޫކޮށްލާނެކަމަށް ބުނެވެއެވެ.

 

ރިޕޯރޓްތައް ބުނާގޮތުން ފްރާންސްގެ ޕީ.އެސް.ޖީ އާއި އިޓަލީގެ ޔުވެންޓަސް އިން ވަނީ އަރައޫހޯ ގެ ސޮއި ހޯދުމަށް މަސައްކަތް ފަށާފައެވެ. ނަމަވެސް އަރައޫހޯ ދިޔުން އެންމެ ގާތީ ޕްރީމިއަރ ލީގަށް ކަމަށް ބެލެވެއެވެ. ސަބަބަކީ އަރައޫހޯ އަބަދުވެސް ޕްރީމިއަރ ލީގުގައި ކުޅެން ބޭނުންވެފައި ހުރުމުންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެގޮތުން އަރައޫހޯ ގެ ސޮއި ހޯދުމާއި އެންމެ ގާތުގައިވާ އެއްޓީމަކީ މެންޗެސްޓަރ ސިޓީއެވެ. މެންޗެސްޓަރ ސިޓީއިން މި ސީޒަނުގައި ހޯދާފައިވާ ދަށް ނަތީޖާތަކާއި ގުޅިގެން މި ޖަނަވަރީ ޓްރާންސާފަރ މާކެޓްގައި ކުޅުންތެރިން ހޯދުމުގެ މަސައްކަތް އެކުލަބުން އަންނަނީ ކުރަމުންނެވެ.

 

ބާސެލޯނާގެ މާލީހާލަތުން އަރައިގަތުމަށްޓަކައި ކުލަބުން އެކުލަބުގެ ބޮޑެތި ކުޅުންތެރިން ތަކެއް ވިއްކާލާނެ ކަމުގެ އަޑުގަދަވެފައިވާ މިދަނޑިވަޅުގައި، އަރައޫހޯގެ އިތުރުން ކޮންޓްރެކްޓްގެ އެންމެ ފަހު ދޮޅުއަހަރު ގުނަމުންގެންދާ ޑިޔޮންގް ވިއްކާލުމަށް އެޓީމުން ތައްޔާރުވަމުންދާކަމަށް ރިޕޯރޓްތައް ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ބާސާއިން ބޭރުކޮށްލި ލަޕޯޓާ ރައީސްކަމުން ބޭރުކުރަން މެސީ ނިކުންނަނީކުޅިވަރު | 4 ދުވަސް ކުރިންޕެޑްރީއަށް އަނިޔާވެ ތިންހަފްތާއަށް ކުޅުމާދުރަށްކުޅިވަރު | 6 ދުވަސް ކުރިންނެގްރޭރާ ކޮރަޕްޝަނުގެ މައްސަލައިގައި ފޮރުވައިގެން އުޅޭ އެއްބަސްވުންތައް ހުށަހެޅުމަށް ބާސެލޯނާގެ މައްޗަށް އަމުރުކޮށްފިކުޅިވަރު | 8 ދުވަސް ކުރިންމެސީ ކޭމްޕްނޫ އަށް އަންނަ އަހަރު އެނބުރި އަންނަނީކުޅިވަރު | 16 ދުވަސް ކުރިން