logo
Bank of Maldives

Bank of Maldives

ދުނިޔެ

އަލިފާނުގެ ހާދިސާ ދިމާވީ ޔަހޫދީނާ ހެދި

އާމިނަތު ޝަފާ
10 ޖެނުއަރީ 2025 - 04:37
ކެލިފޯނިޔާގައި ރޯވެފައިވާ އަލިފާންގަނޑު
ކެލިފޯނިޔާގައި ރޯވެފައިވާ އަލިފާންގަނޑު

އެމެރިކާގެ ކެލިފޯނިޔާގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދަނޑިވަޅެއްގައި އެ އަލިފާނުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ ޔަހޫދީ އިސްރާއީލާ ހެދި ލިބެމުން އަންނަ ގެއްލުންތަކެއްކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ.

ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންގެ ނަސްލުނައްތާލުމުގެ ޖަރީމާއެއް ހިންގަމުން އަންނައިރު އެކަމަށް އެމެރިކާއިން އަންނަނީ މަދަދު ފޯރުކޮށްދެމުންނެވެ. އެގޮތުން މާލީ ގޮތުންނާއި އަސްކަރީ ޒަމާނީ ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދެނީ އެމެރިކާއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔަހޫދީންނަށް ވާގިވެރިވެ އެމެރިކާގެ ފައިސާ އިސްރާފުކުރުމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނެފައިވަނީ ކުޑައެއް ބޮޑެއް ބެލުމެއް ނެތި ޣައްޒާގައި ތިބި މީހުން ދިރިތިއްބާ އަންދާލުމަށް އެމެރިކާއިން ޔަހުދީންނަށް ފައިސާ ދެމުންދާއިރު އެފަދަ ކާރިސާއެއްގެ ރަހަ އެމެރިކާ މީހުންނަށް ލިބިގެންދިއުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެމެރިކާގެ ރަށްވެހިންނަށް ހަމަޖެހިގެން އުޅުމަށް ހަރަދުކުރުމުގެ ބަދަލުގައި އެމެެރިކާ ސަރުކާރުންދަނީ ޣައްޒާގެ ނަސްލު ނައްތާލަން ކުރަމުންދާ މަސައްކަތްތަކަށް ބިލިއަނުން ހޭދަކުރަމުންކަމަށް އެމީހުން ބުނެއެވެ.

ކެލިފޯނިޔާގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 9000 އަށް ވުރެ ގިނަ ގެ އަނދާފައިވާކަމަށާއި އަދި 5 މީހަކު މަރުވެފައިވާކަމަށް އެމެރިކާގެ ފުލުހުން ލަފާކުރެއެވެ. އަލިފާނުގެ ސަބަބުން ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އެމެރިކާގެ ލޮސް އެންޖެލެސްގެ ޖަންގަލިތަކުގައި ރޯވެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ފެތުރެމުން ތަފާތު 3 އަލިފާންގަނޑުގެ ސަބަބުން ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮވިޑް ކޮރަޕްޝަންގެ މައްސަލައިގައި ސްޕެއިންގެ ކުރީގެ މިނިސްޓަރަކު 24 އަހަރަށް ޖަލަށްލައިފިދުނިޔެ | 2 ދުވަސް ކުރިން1978 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޖަޕާނުން ވިސާގެ ފީ ފަސް ގުނަ ބޮޑުކޮށްފިދުނިޔެ | 3 ދުވަސް ކުރިންކެނެޑާގައި އިސްލާމްދީނަށް ފުރަށްސާރަކޮށް އިމާމަކަށް ހަމަލާދީފިދުނިޔެ | 3 ދުވަސް ކުރިންއީރާނާއި އެމެރިކާގެ މި އެއްބަސްވުމަށް ފުން ނަޒަރެއްރިޕޯޓް | 6 ދުވަސް ކުރިން