logo
Bank of Maldives

Bank of Maldives

ދުނިޔެ

ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރާ ގުޅިގެން، އައިސީސީއަށް ދަތިކުރާ ބިލު އެމެރިކާއިން ފާސްކޮށްފި

ސުދާ ލަތީފް
10 ޖެނުއަރީ 2025 - 04:41
 ޔޫއެސް ކެޕިޓަލް ހައުސް ޗެމްބަރުސް ކޮންގްރެސް - ހޮނޮލުލޫ ސިވިލް ބީޓް
ޔޫއެސް ކެޕިޓަލް ހައުސް ޗެމްބަރުސް ކޮންގްރެސް - ހޮނޮލުލޫ ސިވިލް ބީޓް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެގައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރަން ނެރުނު އަމުރަށް ބަދަލު ހިފުމުގެ ގޮތުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ދަތިކުރުމުގެ ބިލު ފާސްކުރަން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ފާސްކޮށްފިއެވެ.

އެމެރިކާގެ ކޮންގްރެސްގެ ތިރީ ޗެމްބަރުގެ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރީ، "ގާނޫނާ ހިލާފު ކޯޓު ކައުންޓާއެކްޝަން އެކްޓް"އެވެ. މި ބިލަށް 45 ޑިމޮކްރެޓުންނާއި، 198 ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދުކޮށްފައިވާއިރު، މި ބިލަށް ރިޕަބްލިކަން ޕާޓީގެ އެއްވެސް މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓެއް ނުދެއްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައްޔިތެއް ނުވަތަ އެމެރިކާގެ އެކުވެރި ގައުމެއްގެ ރައްޔިތެއް ވެސް، އިސް މަގާމެއްގައި ހުރި ވެރިއަކު ބަންދުގައި ބެހެއްޓުމަށް ނުވަތަ އެފަދަ ކަމަކަށް ދައުވާ އުފުލަން މަސައްކަތް ކުރާނަަމަ އެ ބަޔަކާ މެދުގައި ފިޔަވަޅު އެޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން އެމެރިކާގެ ހައުސްގެ ފޮރިން އެފެއާޒް ކޮމިޓީގެ ރިޕަބްލިކަން ޗެއާމަން ރެޕްރެޒެންޓޭޓިވް ބްރަޔަން މާސްޓް ބުރާސްފަތި ދުވަހުގެ ވޯޓުގެ ކުރިން ދެއްވި ތަގުރީރެއްގައި ވިދާޅުވި ގޮތުގައި، އެމެރިކާއިން މި ގާނޫނު ފާސްކުރަނީ ކެންގަރޫ ކޯޓަކުން އެމެރިކާގެ އެންމެ ބޮޑު ބައިވެރިޔާ އަދި އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރުކުރަން މަސައްކަތް ކުރާތީ ކަމަށެވެ.

އެމެރިކާގެ ސެނެޓުން އެފަދަ ބިލެއް ފާސްކޮށްފައިވާއިރު، މިދިޔަ ހަފުތާގައި އާ ކޮންގްރެސް ބޭއްވި ފަހުން ނެގި ފުރަތަމަ ވޯޓުގައި ވެސް ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި، އިޒްރޭލުގެ ސަރުކާރަށް އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ތާއީދު އޮތްކަން ހާމަކޮށްފައެވެ.

އަދި އައިސީސީން، ނަތަންޔާހޫގެ ހައްޔަރު ނެރުމާ ގުޅިގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މީގެ ކުރިން ވެސް ވަނީ އައިސީސީއާ ދެކޮޅަށް ބަދަލު ހިފުމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ކޮންގްރެސް އިން އެފަދަ ބިލެއް ފާސްކޮށްފައިވާއިރު، އިސްރާއީލާއި އެމެރިކާ އަކީ އައިސީސީ އުފެއްދި ރޯމް ސްޓެޓިއުޓްގައި ބައިވެރިވާ ގައުމުތަކެއް ވެސް ނޫނެވެ. އެހެން ނަމަވެސް، އައިސީސީއަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ޖަރީމާތަކާއި ހަރުކަށި ފިކުރުގެ ކުށްތަކުގައި ވަކި ވަކި ފަރުދުންގެ މައްޗަށް ދައުވާ ކުރެވޭނެ ދާއިމީ ކޯޓެކެވެ. އެގޮތުން އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ގައުމިއްޔަތަށް ބެލުމެއް ނެތި، މެމްބަރު ގައުމެއްގެ ސަރަހައްދެއްގައި ހިންގާ ޖަރީމާތައް ބެލުމުގެ އިހްތިސާސް ވެސް އައިސީސީއަށް ލިބިގެންވެއެވެ.

އެގޮތުން ޔޫކްރެއިންގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހައްޔަރުކުރުމުގެ އަމުރަކަށް އައިސީސީގެ އެންމެ އިސް ޕްރޮސެކިއުޓަރު އެދުނު އިރު، އިޒްރޭލާއި އެމެރިކާ ފަދައިން ރަޝިޔާއަކީ ވެސް އެ ކޯޓުގެ މެމްބަރެއް ވެސް ނޫނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިދުނިޔެ | 7 ދުވަސް ކުރިންބްރެޒިލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިޚަބަރު | 10 ދުވަސް ކުރިންއެމެރިކާގެ ހެލްތް އެންޑް ހިއުމަން ސާވިސްގެ ވެރިޔާގެ އިސްތިއުފާއަށް ގޮވާލައި ސިޓީއެއްޚަބަރު | 14 ދުވަސް ކުރިންނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފިދުނިޔެ | 23 ދުވަސް ކުރިން