logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އެމްއެމްއޭއިން އަމަލު ކުރަން ފަށައިފި

ސުދާ ލަތީފް
10 ޖެނުއަރީ 2025 - 05:02
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ / އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ / އެމްއެމްއޭ

ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އެމްއެމްއޭއިން އިއްޔެ އިން ފެށިގެން ޢަމަލުކުރަން ފަށައިފައެވެ.

މި ގަވާއިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، އަހަރެއްގެ ތެރޭގައި 15 މިލިއަން އެމެރިކާ ޑޮލަރު ލިބޭ ހުރިހާ ވިޔަފާރިއެއް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. މިކަން ކުރުމަށް ގަވާއިދުގައި ބަޔާންކުރާ ފަހު ތާރީޚަކީ މިމަހުގެ 13 ވަނަ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ޖެނުއަރީން ފެށިގެން މި ދާއިރާގައި ވިޔަފާރި ފަށާ ފަރާތްތަކުން ރަޖިސްޓަރީކުރަންޖެހެނީ އެފަރާތްތަކުން ވިޔަފާރި ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ.

މީގެ އިތުރުން ނިމިދިޔަ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބިފައިވާނަމަ، އެފަރާތަކުން މި އަންނަ މަހުގެ ތިނެއްގެ ކުރިން އެމްއެމްއޭގައި ރަޖިސްޓަރީކުރަންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

މިދިޔަ މަހު ފާސްކުރި، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ. އަދި "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

އެ ބިލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދޔ މުޢިއްޒު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެއްޖެޚަބަރު | 5 ދުވަސް ކުރިން2024ގެ ނިޔަލަށް ފަވަރަ އިން 23 ބިލިއަން ރުފިޔާ ޓްރާންސްފާކުރި ޚަބަރު | މަހެއް ކުރިންއެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފިވިޔަފާރި | މަހެއް ކުރިން ބޭނުން ކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއްޚަބަރު | މަހެއް ކުރިން