logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައިވޯލްޓޭޖު ސަބްސްޓޭޝަން ގްރޭޓާ މާލެ ގްރިޑާ ގުޅުވާލައިފި

އާމިނަތު ޝަފާ
10 ޖެނުއަރީ 2025 - 05:48
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައިވޯލްޓޭޖު ސަބްސްޓޭޝަން ގްރޭޓާ މާލެ ގްރިޑާ ގުޅުވާލަން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައިވޯލްޓޭޖު ސަބްސްޓޭޝަން ގްރޭޓާ މާލެ ގްރިޑާ ގުޅުވާލަން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 132 ކިލޯވޯޓްގެ ހައިވޯލްޓޭޖު ސަބްސްޓޭޝަން ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި މާލޭގެ 10 ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަންޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނުކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

" މޫސުން ތަންދިނުމާއެކު މާލޭގެ 2 ސަރަހައްދަކުން އެއްގަޑިއިރަށްވުރެވެސް މަދު ވަގުތު ކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކަނޑައިގެން މި މަސައްކަތް ވަނީ ނިންމާލެވިފައި.މިކުންފުނީގެ ހިދުމަތް އިތުރަށްފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން."

ދެން އިތުރަށް ކުރަން ހުރިކަންތައްތަކަކީ މިހާރު ދެވަނަ ވިޔަވަހީގައި ގާއިމުކޮށްފައިވާ 11 ކިލޯވޯޓްގެ ނެޓްވޯކް ކޭބަލްތައް ސަބްސްޓޭޝަންތަކަށް ބަދަލުކުރުމުގެ މަސައްކަތްތައްކަމަށް ނާޝިދު ވިދާޅުވިއެވެ.

މި ސަބްސްޓޭޝަންގައި 50 އެމްވީގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | 20 ދުވަސް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 21 ދުވަސް ކުރިންސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފިޚަބަރު | 25 ދުވަސް ކުރިންސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | މަހެއް ކުރިން