logo
MPL

MPL

ކުޅިވަރު

ސްޕެނިޝް ސުޕަރކަޕް: އެލް ކްލެސިކޯ ފައިނަލަކަށް ތައްޔާރުވެއްޖެ

އަބްދުﷲ ޣާނިމް
10 ޖެނުއަރީ 2025 - 06:09
ސްޕެނިޝް ސުޕަރކަޕް ގެ ފައިނަލުގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ކުޅެން ވަނީ ތައްޔާރުވެފައި.
ސްޕެނިޝް ސުޕަރކަޕް ގެ ފައިނަލުގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ކުޅެން ވަނީ ތައްޔާރުވެފައި.

ސްޕެނިޝް ސުޕަރކަޕް ފައިނަލުގެ ޖާގައެއް ބާސެލޯނާގެ ފަހަތުން ރެއާލް މެޑްރިޑް ކަށަވަރުކޮށްފިއެވެ. ސަޢޫދީގެ ރިޔާދުގައި ރޭގައި ރެއާލް މަޔޯކާއާއި ދެކޮޅަށް ކުޅުނުމެޗު ރެއާޅް މެޑްރިޑުން ކާމިޔާބުކުރީ 3-0 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މެޗުފަށައިގެން މުޅިމެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ރެއާލް މެޑްރިޑުންނެވެ. މެޑްރިޑްގެ ފުރަތަމަ ގޯލުޖެހީ 2 ވަނަ ހާފުގެ 63 ވަނަ މިނެޓުގައި ބެލިންގްހަމް އެވެ. މިއީ މި ސީޒަންގައި އޭނާ ޖެހި 9 ވަނަ ގޯލެވެ. މެޑްރިޑުގެ 2 ވަނަ ގޯލަކީ ބްރަހީމް ޑިއާޒް ދިން ތްރޫ ޕާހެއް މަޔޯކާގެ ޑިފެންޑަރ ވޭލްޖެންޓް ފައިގައި ޖެހިފައި ވަތް ގޯލެކެވެ. މެޑްރިޑްގެ ފަހުގޯލު ކާމިޔާބުކޮށްދިނީ މެޗުގެ ފަހު ސިކުންތުކޮޅުގައި ރޮޑްރީގޯއެވެ.

 

މިއާއެކު މި މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އެލްކްލެސިކޯ ފައިނަލެއް އަނެއްކާވެސް މިވަނީ ތަކުރާރުވެފައެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ރެއާލް މެޑްރިޑު ވަނީ ބާސެލޯނާ 4-1 އިން ބަލިކޮށްފައެވެ. އަދި އެމެޗުގައި ވިނީޝިއުސް ވަނީ ހެޓްރިކް ހަދާފައެވެ.

 

މިއީ މިސީޒަނުގެ ދެވަނަ އެލް ކްލެސިކޯއެވެ. މީގެ ކުރިން މިދެޓީމު ރެއާލް ގެ ދަނޑުގައި ކުޅެވުނު މެޗު ބާސެލޯނާއިން ވަނީ ފަސޭހަކަމާއެކު 4-0 އިން ކާމިޔާބުކޮށްފައެވެ.

 

މިމެޗަކީ ހުރިހާގޮތަކުންވެސް ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވެއެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ އާދިއްތަދުވަހު ރޭގަނޑު ރާއްޖެގަޑިން 12:00 ގައެވެ. މެޗުކުޅެނީ ސަޢޫދީގެ ކިންގް އަބްދުﷲ ސިޓީ ސްޓޭޑިއަމްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަން ބާސާ ލީގު ފެށީފަސްތަރީގެ މޮޅު ކުޅުމަކުން، ވާދަވެރިންނަށް ވަރުގަދަ މެސެޖެއްކުޅިވަރު | 4 ގަޑިއިރު ކުރިންދެ ސީޒަން ހުސްއަތާ ނިންމާލި ރެއާލް މެޑްރިޑުން ތިން ވަނަ ސީޒަން ފެށީވެސް ކަރުތާފެނުގައި ކުޅިވަރު | ދުވަހެއް ކުރިންއަލް އަހްލީ ބަލިކޮށް ބާސެލޯނާއިން ހުއާން ގާމްޕާ ޓްރޮފީ ކާމިޔާބުކޮށްފިކުޅިވަރު | 4 ދުވަސް ކުރިންޖޮއާއޯ ކަންސެލޯ ތިންވަނަ ފަހަރަށް އެނބުރި ބާސެލޯނާއަށްކުޅިވަރު | 7 ދުވަސް ކުރިން