logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިސެންބަރު މަހު މީރާއަށް ލިބުނު އާމްދަނީ އަންދާޒާއަށް ވުރެ އިތުރު

އަޙްމަދު ޒަލީފް
10 ޖެނުއަރީ 2025 - 09:39
ޑިސެންބަރު މަހު މީރާއަށް ލިބުނު އާމްދަނީ އަންދާޒާއަށް ވުރެ އިތުރު

ޑިސެންބަރު މަހު މީރާއިން 2.33 ބިލިޔަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މި އަދަދަކީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %4.7 އިތުރު އަދަދެކެވެ. އަދި، ޑިސެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %20.1 އިތުރު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑިސެންބަރު 2024 އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %20.1 އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވާރކް ޕާރމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ބިދޭސީންގެ ކޯޓާ ފީ އަދި ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާ ތަކުގެ ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ އިތުރުވުމެވެ.

އަދި މީގެ އިތުރުން، ޑިސެންބަރު 2024 ގައި ލިބިފައިވާ އާމްދަނީގެ %17.5 އަކީ މީރާގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީކަމުގައި މީރާއިން މައުލޫމާތުދެއެވެ.

 އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިޔަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 95.39 މިލިޔަން ރުފިޔާ، އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.93 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ޑިސެންބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.75 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 22 ދުވަސް ކުރިންދަތިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ބަހާލައިން ޓެކްސް ދެއްކޭ ނިޒާމު ވެސް އޮވޭ: މީރާޚަބަރު | މަހެއް ކުރިންއިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވަނީޚަބަރު | މަހެއް ކުރިން2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ ނިޔަލަށްވިޔަފާރި | 2 މަސް ކުރިން