logo
Bank of Maldives

Bank of Maldives

ޚަބަރު

ހަށިވިއްކަން އުޅުނު ބިދޭސީންތަކެއް ޑީޕޯޓްކޮށްފި

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ދެ ބިދޭސީން
އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ދެ ބިދޭސީން

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 2 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ވިއެޓްނާމްގެ 40 އަހަރުގެ އަންހެނަކާއި، 41 އަހަރުގެ އަންހެނެކެވެ. މީގެތެރެއިން އެކަކީ ވޯކް ވިސާގައި ރާއްޖޭގައި އުޅެމުންދިއަ މީހަކަށް ވާއިރު، ދެވަނަ މީހާއަކީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސްފައިވާ މީހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ބުނީ މި މައްސަލަ ތަހުޤީޤު ކުރުމަށްފަހު، މި ދެ މީހުން ވެސް މިހާރު ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.

ކުރަނގި އޮޕަރޭޝަންގެ ނަމުގައި އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ގަވައިދާ ޙިލާފަށް އުޅޭ ބިދޭސީން ދަނީ ޑިޕޯޓު ކުރެވެމުންނެވެ. މި އޮޕަރޭޝަންގެ ބޭނުމަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.

މިގޮތުން މި އޮޕަރޭޝަންގެ ތެރެއިން، މިހާތަނަށް 18،000 އަށް ވުރެ ގިނަ ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ އެއްކޮށްފައެވެ. އަދި ގާނޫނާ ހިލާފުވާ 5،000 ބިދޭސީން ޑީޕޯޓް ކުރުމުގެ އަމާޒު ވަނީ ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުގައި ހާސިލްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފިޚަބަރު | 21 ދުވަސް ކުރިންގައްދޫން ޕާސްޕޯޓް ދޫކުރަން ފަށައިފިޚަބަރު | މަހެއް ކުރިންޤަވައިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ޚަބަރު | 2 މަސް ކުރިންހުޅުމާލޭ މަރުކޭޓުން 10 ބިދޭސީން އިމިގްރޭޝަންގެ ބެލެމުގެ ދަށަށްޚަބަރު | 2 މަސް ކުރިން