logoEN
ޚަބަރު

5000 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފުވެގެން މިދިޔަ އަހަރު ޑީޕޯޓް ކޮށްލައިފި

ހުސައިން ވަސީމްހުސައިން ވަސީމް

10 ޖެނުއަރީ 2025 - 14:05

.ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން 5500 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ޑިޕޯޓްކޮށްފައިވާކަން އިމިގްރޭޝަންގެ ތަފަސް ހިސާބުތަކުން ދައްކައިފި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން މިދިޔަ އަހަރު ވަނީ ހާއްސަ އޮޕަރޭޝަންތަކެއް ފަށަފަ އެވެ. މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޖުމްލަ 5613 ބިދޭސީއަކު އެމީހުންގެ ގައުމަށް ފޮނުވާލާފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. މީގެތެރެއިން ގިނަ މީހުންނަކީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް މީގެ ކުރިން ގެނެސްފައިވާ މީހުންނެވެ.

މިދިޔަ އަހަރު ޖުމްލަ 1161 މައްސަލަ އިމިގްރޭޝަން ވޮޗަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 1061 މައްސަލައެއް އިމިގްރޭޝަނުން ވަނީ ބަލާފަ އެވެ. އެންމެ ގިނަ އިން އިމިގްރޭޝަން ވޮޗަށް ހުށަހަޅާފައި ވަނީ ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. އެފަދަ 239 މައްސަލައެއް ހުށަހަޅަފައި ވެއެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވޯކް ވިސާގެ މައްސަލަ އެވެ. ވޯކް ވިސާގެ 239 މައްސަލަ އެއް އިމިގްރޭޝަން ވޮޗަށް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ހަށިވިއްކުމުގެ 65 މައްސަލައަކާއި ވަޒީފާއަށް ފިލުމުގެ 41 މައްސަލައަކާއި ޓޫރިސްޓް ވިސާއާ ޚިލާފުވި 14 މައްސަލައަކާއި އެމްޕްލޯޔަ ސްޕޮންސާއާ ޚިލާފުވި 12 މައްސަލައަކާއި ވިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި 12 މައްސަލައަކާއި އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލައިގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމުގެ 13 މައްސަލަ އެއް ހުށަހަޅާފައިވެ އެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder