logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: މެޗްޑޭ 6 އެއް، ރ، އދ، ތ އަދި ށ އަތޮޅުގެ މެޗުތަކުގެ އުސްއަލިތައް

އަބްދުﷲ ޣާނިމް
11 ޖެނުއަރީ 2025 - 07:10
ބިލެތްފައްސާއި ނަރުދޫ މެޗުގައި ކޭޕީ ބޯޅަ ހިފައިގެން. ފޮޓޯ: އިމޭޖެސް.އެމް.ވީ
ބިލެތްފައްސާއި ނަރުދޫ މެޗުގައި ކޭޕީ ބޯޅަ ހިފައިގެން. ފޮޓޯ: އިމޭޖެސް.އެމް.ވީ

ގޯލްޑަން ފުޓްސަލް މުބާރާތުގައި އިއްޔެ ޖުމްލަ 12 މެޗު ކުޅެވުފައި ވެއެވެ. އެގޮތުން ހަވީރުގައި ރ އަދި އދ ގެ 4 މެޗު ކުޅެފައިވާއިރު ރޭގަނޑު ތ އަދި ށ ގެ 8 މެޗު ކުޅެފައިވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

އިއްޔެ ހަވީރު ފުރަތަމަ ކުޅުނުމެޗުގައި ރ އަތޮޅު ގްރޫޕް 1 ގައި ބައްދަލުކުރީ މަޑުއްވަރި އާއި އަލިފުށި ކުލުނުމެޗު 3-3 އިންވަނީ އެއްވަރުވެފައެވެ. މިމެޗުގައި އަލިފުށީގެ އަހުމަދު ހުޝާމް ވަނީ ހެޓްރިކް ހަދާފައެވެ. ގްރޫޕް 2 ގައި އިނގުރާދޫ ވަނީ މީދޫ އަތުން ފަސޭހަކަމާއެކު 5-0 އިން މޮޅުވެފައިވާއިރު މެޗުގެ މޮޅުކުޅުންތެރުޔަކީ އިނގުރައިދޫގެ އަލީ ހާފިޒް (ހާއްޕެ) އެވެ.

 

އދ ގެ މެޗުތަކަށް ބަލާއިރު ދަނގެތި ވަނީ ކުނބުރުދޫ އަތުން 3-0 އިން މޮޅުވެފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ ދަނގެތީގެ މުހައްމަދު ނާއިމްއެވެ. އަދި އދ ގެ ދެވަނަ މެޗުގައި މަންދޫ ވަނީ އޮމަދޫ އަތުން ހަނިގޮތަކަށް 3-2 އިން މޮޅުވެފައެވެ.

 

ރޭގަނޑުގެ މެޗުތަކަށް ބަލާއިރު ވިލުފުށި ވަނީ 2-1 އިން ދިޔަމިގިލި އަތުން މޮޅުވެފައެވެ. އަދި އޮމަދޫއާއި ކިނބިދޫ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެފައިވާއިރު، ހިރިލަންދޫ ވަނީ ގާދިއްފުށި ފަސޭހަކާމާއެކު 6-0 އިން ބަލިކޮށްފައެވެ. މިމެޗުގައި ގާދިއްފުށީގެ މުޙައްމަދު ނިޝާހު ވަނީ ހެޓްރިކް ހަދާފައެވެ. ބުރުނި ވޭމަންޑޫ 4-1 އިން ބަލިކޮށްފައިވާއިރު، ބުރުނީގެ މުޙައްމަދު ޝާމް ވަނީ ހެޓްރިކް ހަދާފައެވެ.

 

ށ އަތޮޅުގެ މެޗުތަކަށް ބަލާއިރު ކަނޑިތީމު ފެދޫ އަތުން 1-0 އިން ހަނިގޮތަކަށް މޮޅުވެފައިވާއިރު، މިލަންދޫ ވަނީ މަރޮށީގެ މައްޗަށް 3-0 ގެ ތަފާތަކުން މޮޅުވެފައެވެ. ބިލެތްފަހި ނަރުދޫ އަތުން 3-2 އިން މޮޅުވެފައިވާއިރު، މިމެޗުގެ މޮޅުކުޅުންތެރިޔަކީ ބިލެތްފަހީގެ އައިމަން (ޓަންނި) އެވެ. ރޭގެ ފަހުމެޗުގައި ގޮއިދޫ ވަނީ ޅައިމަގުއަތުން 2-1 އިން މޯލުވެފައެވެ.

 

މިމުބާރާތުގެ މިއަދު ޖުމްލަ 11 މެޗު ކުޅެވޭނެއެވެ. އެގޮތުން ހަވީރިގައި އއ ގެ މެޗުތައް ކުޅޭއިރު، މިރޭގައި މ، ސ، ފ އަދި ގދ ގެ މެޗުތައް ކުޅެވޭނެއެވެ.  

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 7 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިން