logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޯލްޑަން ފުޓްސަލް މުބާރާތް: ފަހަތުން އަރައި ނަރުދޫ ބަލިކޮށް ބިލެތްފަށްސަކީ ސަމާސާ ޓީމެއް ނޫންކަން ދައްކާލައިފި

އަބްދުﷲ ޣާނިމް
11 ޖެނުއަރީ 2025 - 09:38
މުބާރާތުގައި ވާދަކުރާ ބިލެތްފަހީގެ ޓީމު. ފޮޓޯ: އިމޭޖެސް.އެމް.ވީ
މުބާރާތުގައި ވާދަކުރާ ބިލެތްފަހީގެ ޓީމު. ފޮޓޯ: އިމޭޖެސް.އެމް.ވީ

ގޯލްޑަން ފުޓްބޯޅަ މުބާރާތުގެ ށ އަތޮޅުގެ ގްރޫޕް ސްޓޭޖް ގައި ގްރޫޕް 1 ގައި ބިލެތްފަހިން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. ރޭގައި ނަރުދޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ބިލްފަހިން ވަނީ ހިތްވަރު ދޫނޮކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ގޯލުޖަހައި ކުރިހޯދީ ފުރަތަމަ ހާފުގައި ނަރުދޫއަށް ލިބުނު ޕެނަލްޓީއަކުން ނަރުދޫގެ މުހައްމަދު ނާއިޒް އެވެ. މެޗުގެ ފުރަތަމަ ހާފުގެ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ބިލެތްފަހީގެ އަހުމަދު އިބްރާހިމް ވަނީ 2 ކުޅުންތެރިން އަތުން ނައްޓާލައި ގޯލުޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގެ ފަހު ސުކުންތުކޮޅުގައި ނަރުދޫގެ ވިޝާން ވަނީ ދެވަނަ ފަހަރަށް ނަރުދޫއަށް ލީޑު ނަގައިދީފައެވެ.

473426182_995336515954479_8182661383782220625_n.jpg

ކިންގް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: އިމޭޖެސް.އެމް.ވީ

 

 

މިއާއެކު ބިލެތްފިހި އިން ވަނީ ފުލުފުލުގައި ނަރުދޫގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް އާދަމް ސަފްރާޒް (ކިންގް) ގެ ގޯލަކުންނެވެ. އަދި މެޗު ބިލެތްފަށްސަށް މެޗު މޮޅުކޮށްދިނީ މެޗުގެ ފަހު ސިކުންތުކޮޅުގައި އައިމަން (ޓަންނި) ޖެހިގޯލަކުންނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކީ ވެސް ޓަންނިއެވެ.

473223509_995336709287793_6040973375258485795_n.jpg

މެޗުގެ މޮޅުކުޅުންތެރިޔާ ޓަންނި: ފޮޓޯ: އިމޭޖެސް.އެމް.ވީ

 

 

ރޭގެ މޮޅާއެކު ބިލެތްފަހި ވަނީ މިމުބާރާތުގެ މިހާތަނަށް ކުޅުނު 2 މެޗުންވެސް މޮޅުވެ ސެމީފައިނަލުގެ ޖާގައެއް ހޯދާފައެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 7 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިން