logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އެސްޓޯނިއާއަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް، ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރިޕަބްލިކް އޮފް އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

މި ދަތުރުފުޅުގައި އެސްޓޯނިއާއަށް ރައީސް ވަޑައިގަންނަވާނީ މި މަހުގެ 13 އިން 16ގެ ނިޔަލަށެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ޑިޖިޓަލް ގަވަނަންސް، ކްލައިމެޓް، އެޑިއުކޭޝަން އަދި ސައިންސް ފަދަ ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުން ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ ރައީސް އަލާރް ކާރިސް އާއި ސަރުކާރުގެ ވަޒީރުންނާއި އެސްޓޯނިއާގެ މަޝްހޫރު ޑިޖިޓަލް ޓްރާންސްފޯމޭޝަން ހިންގުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ.

އަދި އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާޓޫއަށް ވަޑައިގެން އެ ސިޓީގެ މޭޔަރު އުރްމަސް ކްލާސްއާ ވެސް ރައީސް ބައްދަލުކުރައްވާނެއެވެ. އެގޮތުން ރައީސް ވަޑައިގަންނަވާ ޓާޓޫއަކީ ކްލިނިކަލް މެޑިސިން އާއި ސައިންޓިފިކް ރިސާޗްގެ ދާއިރާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޔުނިވާސިޓީ އޮފް ޓާޓޫގެ އިތުރުން އެސްޓޯނިއަން ޖީނޯމް ޑޭޓާބޭސް ސެންޓަރާއި ގްރީނާޖީ ޑޭޓާ ސެންޓަރު ވެސް ހުންނަ ތަނެކެވެ.

ރައީސްގެ މި ދަތުރުުފުޅުގައި ރައީސްގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލާއި، ދާޚިލީ ވަޒީރު ޢަލީ އިހުސާންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ އެސްޓޯނިއާގެ ކުންފުނިތަކާއި މުއައްސަސާތަކާ ގުޅިގެން ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ އިސްވެރިންގެ އަމިއްލަ ވަފުދެއް ވެސް މި ދަތުރުގައި ބައިވެރިވާނެއެވެ.

ރައީސްގެ މި ދަތުރުފުޅާއެކު، މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، ދެ ކޮމިޝަނަކަށް މެމްބަރުން އައްޔަންކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންލަފާދޭ ކޮމިޓީތަކަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފިޚަބަރު | ދުވަހެއް ކުރިން 31 އަހަރަށްފަހު ތެލަސީމިއާ ސެންޓަރު ހުކުރު ދުވަހު ހުޅުވައި ޚިދުމަތް ދޭން ފަށައިފިޚަބަރު | ދުވަހެއް ކުރިން"ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން"ޚަބަރު | ދުވަހެއް ކުރިން