logo
ޚަބަރު

ވަގުތީ ގޮތުން ޑިމޮކްރެޓްސް ހިންގުން ދެ ނައިބު ރައީސުންނަށް

އަޙްމަދު ޒަލީފް
11 ޖެނުއަރީ 2025 - 15:02
ވަގުތީ ގޮތުން ޑިމޮކްރެޓްސް ހިންގުން ދެ ނައިބު ރައީސުންނަށް

 ދަ ޑިމޮކްރެޓްސްގެ ވަގުތީ ހިންގުން އެ ޕާޓީގެ ދެ ނައިބު ރައީސުންނާ ހަވާލުކޮށްފި އެވެ.

ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދި ސިޔާސީ ޕާޓީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން ލަތީފް އިސްތިއުފާ ދެއްވާފައިވާއިރު، މަގާމުން އިސްތިއުފާ ދެއްވިކަން އަންގައި ހަސަން ލަތީފް ވަނީ ޕާޓީގެ ނައިބު ރައީސަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއްވައިފަ އެވެ. މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން އިސްތިއުފާ ދެއްވިއިރު، އޭނާ އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.

ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް ރޭ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ހިމެނެނީ އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.

ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ޑިމޮކްރެޓްސް އިން ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް އެއިން ބޭފުޅަކު ވިދާޅެއްނުވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގައި ''ފަނި''އެޅުމުން ކުރިމަގު ގެއްލި އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށްރިޕޯޓް | 3 މަސް ކުރިންކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ގެއްލުވާލާނަން - ފަލާޙް ޚަބަރު | 3 މަސް ކުރިންނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށްޚަބަރު | 3 މަސް ކުރިންކެޔޮގަނޑުގެ ފޫވައް ވައްޓާނުލެވި، އުނބަށް ޖެއްސެވީތޯ؟ރިޕޯޓް | 5 މަސް ކުރިން