logo
Bank of Maldives

Bank of Maldives

ޚަބަރު

ޑޮލަރުން ލިބުނު އާމްދަނީ ބިލއަނަކަށް ވުރެ މައްޗަށް

ރަނާ އަޙްމަދު ފަޔާޒް
12 ޖެނުއަރީ 2025 - 06:58
ފަތުރުވެރިން
ފަތުރުވެރިން

މިދިޔަ އަހަރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފާއިތުވި 2024 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 12.5 އިންސައްތަ އިތުުރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތަށް މިދިޔަ އަހަރު ލިބުނު ޑޮލަރު އާމްދަނީގެ ތެރެއިން 619.9 މިލިއަން ޑޮލަރު ލިބިފައިވަނީ ޖީއެސްޓީގެ ދާއިރާއިންނެވެ.

ޑޮލަރު އާމްދަނީ ރާއްޖެ އިތުރުވާ މައިގަނޑު ސަބަބަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވުމެވެ. އެގޮތުން މިދިޔަ 2024 ވަނަ އަހަރު ފަުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެއިތުރުން ވެސް ޓޫރިޒަމް ދާއިރާގެ ޓެކްސްތަކުގެ ތެރޭގައި ހިމެނޭ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީ ލިބުނު މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޑިޕާޗާ ޓެކްސްގެ ގޮތުގައި 72.2 މިލިއަން ޑޮލަރު ލިބުނުއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 73.2 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 70.4 މިލިއަން ޑޮލަރު މިދިޔަ އަހަރު ވަނީ ލލިބިފައެވެ. މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 55.9 މިލިއަން ޑޮލަރު ރާއްޖެއަށް ލިބުނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެޚަބަރު | 17 ދުވަސް ކުރިން"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް" ބާއްވައިފިޚަބަރު | 24 ދުވަސް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ އައު ރެކޯޑެއް: އެއް ދުވަހާ 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްޚަބަރު | މަހެއް ކުރިން