logo
MPL

MPL

ޚަބަރު

ސިހުރުގެ ތުހުމަތުގައި އަލިފުށި އަދި މީދޫގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
12 ޖެނުއަރީ 2025 - 13:36
ރ. އަލިފުށި: އެ ރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައި --ފޮޓޯ: ޙަސަން އިސްމައީލް/ސޯޝަލް މީޑީޔާ
ރ. އަލިފުށި: އެ ރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައި --ފޮޓޯ: ޙަސަން އިސްމައީލް/ސޯޝަލް މީޑީޔާ

ރ. މީދޫ އަދި އެ އަތޮޅު އަލިފުށީގައި ސިހުރު ހަދާކަމަށް ކަމަށް ފުލުހުންނަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން، އެ ދެ ރަށުގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއް ފަށައިފިއެވެ.

މިއަދު ފުލުހުން މީޑީޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސިހުރު ހަދާކަމަށް ބުނެ އެ އިދާރާއަށް ލިބުނު ރިޕޯޓަކާ ގުޅިގެން އަލިފުށި އަދި މީދޫގައި އޮޕަރޭޝަނެއް ހިންގަމުންދާކަމަށެވެ. އެހެން ނަމަވެސް އެ އޮޕަރޭޝަނުގެ އިތުރު ތަފްސީލު ފުލުހުން ދީފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން ނަމަވެސް މެންދުރު ޓީވީއަށް އެނގިފައިވާ ގޮތުގައި، އެ އޮޕަރޭޝަނުގައި ފުލުހުން މިހާތަނަށް ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ދެ ރަށުގެ ގިނަ ގެތަކަށް ވަދެ، ބަލައި ފާސްކޮށްފައެވެ. އެގޮތުން ފުލުހުންގެ އެ އޮޕަރޭޝަން، މިއަދު ހެނދުނުން ފެށިގެން ދަނީ ހިންގަމުންނެވެ.

އަދި އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 11 މީހަކު ހައްޔަރުކުރިކަމަށް މައުލޫމާތު ލިބުނު ނަމަވެސް، އެކަން ފުލުހުންގެ ފަރާތުން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

ފުލުހުން އެފަދަ އޮޕަރޭޝަނެއް އެ ދެ ރަށުގައި ހިންގަނީ، ސިހުރު ހަދާކަމުގެ ތުހުމަތާއި ކަންބޮޑުވުން، އެ ރަށުގެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން، ހއ. ކެލާގައި ވެސް ސިހުރު ހަދާކަމުގެ ތުހުމަތުގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ބަޔަކު ހައްޔަރުކުރިއިރު، އެ މީހުން ފަހުން ވަނީ ދޫކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 11 ގަޑިއިރު ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 7 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 7 ދުވަސް ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | 8 ދުވަސް ކުރިން