logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދެތަށި ފެންދިނުމަށްފަހު ރެއާލް މެޑްރިޑްކޮޅަށް ލަނޑު ގޯންޏެއްޖަހައި، ބާސާއިން ސުޕަރކަޕް އުފުލާއިފި

އަބްދުﷲ ޣާނިމް
13 ޖެނުއަރީ 2025 - 03:48
ބާސާއިން ވަނީ ސުަރ ކަޕް ގެ ތަށި 15 ފަހަރަށް އުފުލާލާއިފި. ފޮޓޯ: ބާސެލޯނާ
ބާސާއިން ވަނީ ސުަރ ކަޕް ގެ ތަށި 15 ފަހަރަށް އުފުލާލާއިފި. ފޮޓޯ: ބާސެލޯނާ

ސްޕެނިޝް ސުޕަރ ކަޕްގައި ބާސެލޯނާއިން ރެއާލް މެޑްރިޑް ލަދު ގަންނަވާލުމަށްފަހު މުބާރާތުގެ ތަށިއުފުލާލައިފިއެވެ. ސައުދީގެ ކިންގް އަބްދުﷲ ސްޓޭޑިއަމް ގައި ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކުރީ 5-2 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މެޗުފެށިގެން ބާސެލޯނާއިން ކޮންޓްރޯލް ކުރަމުން ދިޔަނަމަވެސް 5 މިނެޓުތެރޭގައި އެމްބާއްޕޭ ވަނީ ގޯލެއް ޖަހައި ރެއާލް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ބާސެލޯނާގެ ލަމީން ޔަމާލް ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ދެކުޅުންތެރިން އަތުން ނައްޓާލުމަށްފަހު ގޯލެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގައި ބާސެލޯނާއިން ކުރިހޯދީ 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލެވަންޑޮވްސްކީއެވެ. އަދި އޭގެ 3 މިނެޓުފަހުން ރަފީނިޔާ ވަނީ ހުސްކޮށްލިބުނު ބޯޅައެއް ބޮލުންޖަހައި ގޯލެއްޖަހައިފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހުމިނެޓުގައި ކައުންޓަރ އެޓޭކެއްގައި ބާސެލޯނާގެ ޑިފެންޑަރ ބާލްޑޭ ވަނީ އިތުރު ގޯލެއްޖަހާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 4-1 އިންނެވެ.

 

ދެވަނަ ހާފުފަށައިގެން ރެއާލް މެޑްރިޑުން މެޗުތެރެއަށް ވަންނަން މަސައްކަތް ކުރިނަމަވެސް، 48 ވަނަ މިނެޓުގައި ބާސެލޯނާގެ ރަފީނިޔާ ވަނީ އިތުރު ގޯލެއްޖަހައި ރެއާލްގެ އުއްމީދުތައް ފެނަށް ދުއްވާލާފައެވެ. މިމެޗުގެ 56 ވަނަ މިނެޓުގައި އެމްބާއްޕޭ އަށް ކުރި ފައުލަކާއި ގުޅިގެން ބާސާގެ ގޯލްކީޕަރު ސެޒްނީ އަށް ވަނީ ރަތްކާޑު ދައްކާފައެވެ. އަދި މިފައުލުގައި ލިބުނު ހިލޭޖެހުން ރޮޑްރީގޯ ވަނީ ކާމިޔާބުކޮށްފައެވެ މެޗުގެ 30 ހަކަށް މިނެޓު 10 ކުޅުންތެރިންނާއެކު ކުޅުނު ބާސާގެ ގޯލަށް އަމާޒުކޮށް ރެއާލްއިން މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.

 

މިއީ ސްޕެނިޝް ސުޕަރ ކަޕް ބާސެލޯނާއިން ކާމިޔާބުކުރި 15 ވަނަ ފަހަރެވެ. މިތަށި ރެއާލް އަށް ކާމިޔާބުކުރެވިފައިވަނީ 13 ފަހަރުއެވެ.

 

އެންމެ ފަހުން ކުޅުނު 2 އެލް ކްލެސިކޯއިންވެސް ރެއާލް ބަލިވެފައިވާއިރު، ބާސެލޯނާއިން ވަނީ މި ދެމެޗުގައި ޖުމްލަ 9 ގޯލު ރެއާލް ކޮޅަށް ޖަހާފައެވެ.       

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބައްޕޭ އިންޖެކްޝަން ޖަހައިގެންވެސް ރެއާލްއަށް ސަލާމަތެއް ނުވެވުނު، ފްލިކް ގެ 4 ވަނަ ތަށި ބާސާއަށް ކާމިޔާބުކޮށްދީފިކުޅިވަރު | 3 ގަޑިއިރު ކުރިންއެތުލެޓިކް ކްލަބް ބަލިކޮށް ބާސެލޯނާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 4 ދުވަސް ކުރިންގޮންޒާލޯ ގާސިއާގެ ފުރަތަމަ ހެޓްރިކާއެކު ރެއާލް އަށް ބޮޑު މޮޅެއްކުޅިވަރު | 7 ދުވަސް ކުރިންއުނދަގޫ މެޗަކަށްފަހު ފަހުވަގުތުގެ ދެގޯލާއެކު ބާސެލޯނާ ކެޓަލޯނިއާ ޑާބީ ކާމިޔާބުކޮށްފިކުޅިވަރު | 8 ދުވަސް ކުރިން